ads
ކެއާ ސޮސައިޓީގެ ހިޔާ އެނެކްސްއަށް މީރާގެ މުވައްޒަފުންގެ ފަރާތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން - ފޮޓޯ:މީރާ
ކެއާ ސޮސައިޓީގެ ހިޔާ އެނެކްސްއަށް މީރާގެ މުވައްޒަފުންގެ ފަރާތުން ފައިސާގެ އެހީ
ކެއާ ސޮސައިޓީން ހުޅުމާލޭގައި 'ހިޔާ އެނެކްސް' ގެ ނަމުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ސެންޓަރަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
Advertisement

މީރާގެ މުވައްޒަފުންގެ ފަރާތުން ކެއާ ސޮސައިޓީގެ ހިޔާ އެނެކްސްގެ މަސައްކަތްތައް ކުރުމަށް 43،150 ރުފިޔާ ވަނީ ހަދިޔާކޮށްފައެެވެ. އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގެ ހިޔާ ފުލެޓް ސަރަހައްދުގައި ކެއާ ސޮސައިޓީން ގާއިމުކުރާ މި ސެންޓަރަކީ އެ ސޮސައިޓީން ދެމުން ގެންދާ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ގާއިމުކުރާ ސެންޓަރެކެވެ. އާބަންކޯ އާ ގުޅިގެން ގާއިމުކުރާ އެ ސެންޓަރުން ތެރަޕީ، ރިހެބިލިޓޭޝަންގެ އިތުރުން އިންޓަވެންޝަން ހިދުމަތްތައް ލިބޭނެ ކަމަށް ކެއާ ސޮސައިޓީން ބުނެއެވެ.

މި ސެންޓަރުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތިންވަނަ ދުވަހުއެވެ. ކެއާ ސޮސައިޓީން ބުނެފައިވަނީ އެ ސޮސައިޓީން މަސައްކަތް ކުރަމުން ދަނީ އެންމެ ލަސްވެގެން އަންނަ އޮގަސްޓް މަހު މި ސެންޓަރުން ހިދުމަތް ފެށުމަށް ކަމަށެެވެ.

މައިގަނޑު ގޮތެއްގައި މި ސެންޓަރުން ދެވޭނެ ހިދުމަތްތަކުގެ ތެރޭގައި:

  • ކުދިންގެ ޅަފަތުގައި އެކިއެކި ހުނަރުތައް ތަރައްގީކުރުމަށް އާލީ އައިޑެންޓިފިކޭޝަން އަދި އާލީ އިންޓަވެންޝަން ފޯރުކޮށްދިނުން. މިއީ މައިގަނޑު ގޮތެއްގައި ހަ އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމް.
  • ވޮކޭޝަނަލް ޕްރޮގްރާމް - މިއީ ސްކޫލް ނިންމާ އުމުރުގެ ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއް. މި ޕްރޮގްރާމުގެ އަމާޒަކީ ސްކޫލް ނިންމާ ކުދިންނަށް އާމްދަނީ ހޯދޭނެ ގޮތެއް ނުވަތަ ވަޒީފާއަށް ނެރުމަށް ތައްޔާރުކޮށްދިނުން.
  • ތެރަޕީ ޕްރޮގްރާމް - މިއީ ޅަފަތުގެ އުމުރު ފުރާގަޔާ އަދި ކުދިންނަށް ބޭނުންވާ އިތުރު އެހީގެ ތެރެއިން ހާއްސަކޮށް އެކިއެކި ތެރަޕީ ބޭނުންވާ ކުދިންނަށް ފޯރުކޮށްދޭ ހިދުމަތް. 
  • ސަބްޖެކްޓް ކޯޗިން - މިއީ ސްކޫލަށް ގަވާއިދުން ދެވޭ ކުދިންނަށް އެހެންނަމަވެސް ކުއްޖާގެ ހުރި އުނގެނުމުގެ އެކި ދަތިކަމަކާ ހެދި އިތުރު އެހީ ބޭނުންވާ ކުދިންނަށް ވަކިވަކި މާއްދާތަކުން އެހީތެރިކަންދިނުމުގެ ގޮތުން މުޅިން އަލަށް ހިންގަން ރާވާފައިވާ ޕްރޮގްރާމް.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް