ads
ސިމްކާޑު
ގިނަ ސިމް ނަގާ މީހުންނަށްނަށް ނޯޓިސް ދީ ސިމްތައް ބްލޮކްކުރަނީ
ލިމިޓަށްވުރެ ގިނަ ސިމް ނަގާ މީހުންނަށް ނޯޓިސް ދީ އެ މުއްދަތުގައި ސިމްތަކުގެ ވެރިފަރާތް ބަދަލުނުކޮށްފި ނަމަ އެ ސިމްތައް ބްލޮކްކުރަން ނިންމާފައިވާކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ހާމަކޮށްފިއެވެ.

ކޭމް އިން މިރޭ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކޮންމެ މީހަކަށް ވެސް ސިމް ގަނެވޭނެ އަދާމެދު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ. ނަމަވެސް އެ އަދަދު އަދި ހާމަނުކުރާނެކަމަށެވެ.

"ނަ އަދަދެއްގެ ސިމް ނަގާފައިވާ ފަރާތްތަކަށް ކަނޑައަޅާ ލިމިޓަށް މަދު ކުރުމަށް ފުރުސަތެއް ދޭނެ.  އެއަށް ފަހު މުއްދަތު ހަމަވުމުން ނަމްބަރުތައް ބްލޮކް ކުރާނެ،" ކޭމް އިން މިއަދު ބުނެފައިވެއެވެ. 

ރާއްޖޭގައި އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރާ މީހުން ވެސް އަންނަނީ ގިނައަދެއްގެ ސިމް ނަގައި މީހުންނަށް އޮޅުވާލައިގެން ގުޅައި ބައެއް މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުންނެވެ.

އެފަދަ ކޯލުތައް ކުރާ ގިނަ ސިމްތައް ހުންނަނީ ރެޖިސްޓާ ނުކޮށް ނުވަތަ ދިވެހިން ނޫން މީހުންގެ ނަންމަތީގައެވެ. މިހެންކަމުން ރާއްކޭގައި މިހާރު ވަނީ އެކްޓިވް ސިމް ވިއްކުން ވެސް މަނާކޮށްފައެވެ. 

ކޮންމެ މީހަކަށް ގަނެވޭ ސިމްގެ އަދަދެއް ކަނަޑައެޅުމަށް އެކުލަވާލަން ޖެހޭ ގަވައިދު 15 ދުވަސް ތެރޭ ނިންމަން އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުން ވަނީ އަންގައިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް