ads
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކު ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
ދިވެހި ލިޔުންތައް ގިނަކުރުމަށް ރައީސް އެދިވަޑައިގެންފި
ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

މިއަދަކީ ދިވެހި ލިޔުންތެރިކަމުގެ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި، ރައީސް ވަނީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސްކުރައްވައިފައެވެ.

އަދި ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި، ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުމަށް އިލްތިމާސްކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖުލައި މަހުގެ އަށް ވަނަ ދުވަސް، ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ރާއްޖޭގައި ނެރެވުނު ފުރަތަމަ މަޖައްލާ ކަމަށްވާ "އަލް އިސްލާހު" ނެރުނު ތާރީޚު ކަމުގައި ވާތީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް