ads
ފުރަތަމަ މެޗު ކާމިޔާބުކުރި އެފްސީ ބްރަދާސް ޓީމު
ޖޯޝް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު އެފްސީ ބްރަދާސްއަށް
ނ. ހެނބަދޫގައި ކުރިއަށް ގެންދާ ޖޯޝް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އެފްސީ ބްރަދާސްއިން ކާމިޔާބުކޮށްފިއެވެ.

އެފްސީ ބްރަދާސްއަކީ ހެނބަދޫ ޖޯޝް ޖަމިއްޔާއިން ބާއްވާ މި މުބާރާތުގެ އެންމެ ފަހުގެ ރަނާއަޕް ޓީމެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި ބްރަދާސް އާއި ބައްދަލުކުރީ ލަވެންޑާ ޔުނައިޓެޑެވެ. މި މެޗު ބްރަދާސްއިން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބްރަދާސްގެ އަލީ ޝަހީދެވެ. އޭނާ ވަނީ މި މެޗުގައި ތިން ލަނޑު ޖަހާ، ހެޓްރިކް ހަދާފައެވެ. 

your imageމެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމު ދިނުން

މިއީ ޖޯޝް ޖަމިއްޔާއިން އިންތިޒާމުކޮށްގެން މި މުބާރާތް ބާއްވާ 16 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.  

މިފަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރެއެވެ. މި މުބާރާތުގެ އެއްވަނަ ހާސިލްކުރާ ޓީމަކަށް ތަށްޓާއި މެޑަލްގެ އިތުރުން 8000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. އަދި ދެވަނައަށްދާ ޓީމަކަށް މެޑަލްގެ އިތުރުން 4000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް