ads
ހޯރަފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ: 12 މަގުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ - ފޮޓޯ:އެމްޓީސީސީ
ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ: އާޒިމް
ހއ. ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ ހޯރަފުށީގަައި އެ ކުންފުނިން ފަސް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ކަމަކީ ރަށުގެ 12 މަގެއްގައި ތާރުއެެޅުމުގެ ޕްރޮޖެކްޓުކަމަަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވެފައިވަނީ 12 މަގުގައި ތާރުއެޅުމަށް ކުރާ މަސައްކަތުގެ ތެރެއިން 11 މަގެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އާޒިމް ވިދާޅުވީ މަގުތަކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ޕްލޭނިން މިނިސްޓްރީ އާ މަޝްވަރާކުރަމުންދާ ކަަމަށެވެ.

ހޯރަފުށި ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެފައިވާ ގޮތުގައި ރަށަށް ގެންނަ ވެހިކަލްތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަލާކުވުމުގެ ކަންބޮޑުވުން މީގެކުރިން އޮންނަ ކަމުގައެވެ. މަގުތަކުގައި ފެންބޮޑުވެ، ކޯރު ތެރޭގައި ކަކޫތާފެނަށް ފައިކުރި އޮޅައިގެން ހިނގަން ޖެހުނުޖެހުން ނިމުމަކަށް އައިސްފައިވާ ކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ.

your imageޖުވެނައިލް ޖަސްޓިސް ޔުނިޓު: މަސައްކަތް އޮގަސްޓު މަހުގެ ތެރޭގައި ނިމޭނެ - ފޮޓޯ:އެމްޓީސީސީ

ހޯރަފުށީގައި އެމްޓީސީސީން ކުރަމުންދާ އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުން އާޒިމް ވިދާޅުވީ އެއާޕޯޓަށް އަރާފޭބުމަށް ހަދަމުންދާ ޖެޓީގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓު އެޅުމުގެ މަސައްކަތް އޮގަސްޓު މަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އިމާރާތްކުރަމުންދާ ޕްރީސްކޫލުގެ މަސައްކަތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ނިންމާ ކައުންސިލާ ހަވާލުކުރުމަށް އުންމީދުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް