ads
ފައްޔާޒު އިސްމާއިލް
މިއޮޑިއެއް ނުފެތޭނެ، މި އަޒުމެއް ނުގުޑާނެ: ފައްޔާޒު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދާދި އަވަހަށް އުފާވެރި އަމާން ރާއްޖެއަކަށް ބަނދަރު ކުރާނެ ކަމަށާއި އަދި "އޮޑިއެއް ނުފެތޭނެ" ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫގައި މިރޭ ކުރިއަށްދިޔަ ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ލޯންޗް ކުރުމުގެ ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ "އަމާން ރާއްޖެ" އަކަށް އެމްޑީޕީން ފެށި ދަތުރުގައި ހުރިހާ އެންމެން ވެސް ތިބީ ވަރަށް ގަދަކޮށް ކަމަށާއި އޮޑި އޮތީ ވާދަވެރިންނަށް އަރާ ހަމަނުކުރެވޭނެ ވަރަށް ވަރުގަދަ އިންޖީނު އަޅާލާފައި ކަމަށެވެ.

މިއީ ރައްޔިތުންނަށް ހަމަ ނޭވާލާނެ ފުރުސަތު ހޯދައިދެވުނު ފަސް އަހަރު ކަމަށާއި ދެން ނައްޓާލަނީ "އަމާން ރާއްޖެއެއް" ކަށަވަރު ކުރަން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި މި މަސައްކަތުގައި އެންމެ ތަންފުކެއް ވެސް ދޫނުކުރާނެ ކަމަށާއި އަލުން އަނިޔާވެރިކަން އިޔާދަވާނެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދާދި އަވަހަށް އުފާވެރި އަމާން ރާއްޖެއަކަށް އަޅުގަނޑުމެން ބަނދަރު ކުރާނަން. މި އޮޑިއެއް ނުފެތޭނެ، މި އަޒުމެއް ނުގުޑާނެ. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" -ފައްޔާޒު-

ށ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަދު ވަނީ ށ. ކޮމަންޑޫ އާއި މަރޮށި އަދި ނޫމަރާ އަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

ރައީސްގެ މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް