ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުދޫގައި މިއަދު މޫދަށް ދިޔަ މީހަކު ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް 11:48 ހާއިރު މޫދުން ފެނިފައިވާ ކަމަށެވެ.
އަދި ރަށު ހެލްތް ސެންޓަރަށް މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނިޔާވެފައިވަނީ އުމުރުން 78 އަހަރުގެ އަނެހެކެވެ.
މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ފުލުހުން އަންނަނީ ބަލަމުންނެވެ.