ads
މޯލްޑިވިއަންގެ ފްލައިޓެއް މަޑިވަރު އެއާޕޯޓުގައި: މާފަރަށާއި މަޑިވަރަށާއި އިފުރަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ވަނީ ނިންމާފައި - ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަނުން ތިން އެއާޕޯޓަކަށް ކުރާ ދަތުރުތައް އިތުރުކުރަނީ
ގައުމީ އެއާލައިން، މޯލްޑިވިއަނުން ތިން އެއާޕޯޓަކަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން އިތުރު ދަތުރުތައް ބޭއްވުމަށް ނިންމާފައިވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ޅ. މަޑިވަރު އެއާޕޯޓުގެ އިތުރުން ރ. އިފުރު އެއާޕޯޓަށެވެ.

މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި މާފަރަށާއި މަޑިވަރަށާއި އިފުރަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމީ ސްކޫލުތަކުގެ ބަންދު ދުވަސްވަރާ ދިމާކޮށް އެ ސަރަހައްދުތަކަށް ދަތުރުކުުރަން ބޭނުންވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމުގައެވެ.

އެ އެއާޕޯޓުތަކަށް އިތުރު ދަތުރުތައް ކުރަން ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. މޯލްޑިވިއަންގެ ދަތުރުތައް އެ ތިން އެއާޕޯޓަށް އިތުރުކުރުމަށް ހަމަޖެއްސިއިރު މިދިޔަ އީދު ބަންދާ ދިމާކޮށް އެތެރޭގެ އަދި ބައިނަލްއަގުވާމީ އިތުރު ދަތުރުތަކެއް އެ އެއާލަައިނުން ވަނީ ކޮށްފައެވެ. އެ ދަތުރުތަކުގެ އިތުރުން އީދު ބަންދުގައި ބ. ފުޅަދުއަށް ސީ ޕްލޭން ދަތުރުތަކެއްވެސް މޯލްޑިވިއަނުން ބާއްވާފައިވެއެވެ.

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް