ads
މިނިސްޓަރު ޝައުނާ ރައީސް ޔާމިން ވެރިކަމުގައި ހައްޔަރުކުރުން
އިއްޔެގެ ހިތްދަތި ކަމަށް ދާން ނިންމުމުގެ ބާރު ވެސް އޮތީ ރައްޔިތުން އަތުގަ: ޝައުނާ
އެނބުރި ދާނީ އިއްޔެގެ ހަލަބޮލި ހިތްދަތި ދިރިއުޅުމަށްތޯ ނުވަތަ މާދަމާގެ އުފާވެރިކަމާއި އަމާންކަމުގެ ރާއްޖެއަކަށްތޯ ނިންމުމުގެ ފުރިހަމަ ޒިންމާ އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށް މިނިސްޓާ އޮފް އެންވަޔަރަމަންޓް މިނިސްޓު އައިމިނަތު ޝައުނާ ވިދާޅުވެއްޖެވެ.

ރައީސް އިބްރާާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ށ. ފޯކައިދޫގައި މި ހަފްތާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، އޭނާ ވިދާޅުވީ ރާއްޖެއަށް ހެތޮ ވެރިކަމެއް ކުރުމަށްޓަކައި ކުރެވުނު ހުރިހާ ކަމެއް ކުރެވުނީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށެވެ.

"މީގެ ކުރިން އެމްޑީޕީން ރިޔާސީ އިންތިހާބުތަކަށް ނުކުމެފައި ހުންނާނީ އަނިޔާވެރިކަމުން މިންޖުވުމަށާއި އަނިޔާވެރިކަން ނިންމުމަށް. އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުން. އެމްޑީޕީ ވުޖޫދަށް ގެނެވުނީ ވެސް އެ ސަބަބުތަކަށްޓަކައި،" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ މި ފަހަރުގެ އިންތިހާބަށް އެމްޑީޕީން ނުކުންނަނީ އުފާވެރި އަމާން ރާއްޖެއަށް  ދިއުމުގެ ތަސައްވަރާއި އެކުކަމަށެވެ. 

"އަމާންކަމަކީ ޑިމޮކްރަސީގެ އުސޫލުތަކައް އިހުތިރާމްކޮށް ރައްޔިތުންނާއި ވެރިންނަށް ބަސް ބުނެވި އެ މީހުންނަށް ޖަވާބުދާރީ ކުރެވޭ ހިނދުވެސް އިޖުތިމާއީ ހަމަޖެހޭ ވެއްޓެއް ގާއިމުކުރެވި ދިރިއުޅުން ފަސޭހަ ވެގެން ދިއުން،" މިިނިސްޓަރު ވިދާޅުވިއެވެ.

ޝައުނާއަކީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ޝައުނާ ހައްޔަރުވެސް ކުރިއެވެ. އޭނާ ހައްޔަރު ކުރީ ފުލުހުންނަށް ގާ އުކިކަމަށް ތުހުމަތުކޮށެވެ. އޭރު ޝައުނާ ހުންނެވީ ޔޫތް ވިންގުގެ ރައީސް ކަމުގައެވެ. 

ށ. އަތޮޅުގައި ކެންޕޭނު ފެއްޓެވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހުވަނީ އިއްޔެ އެނބުރި މާލެ ވަޑައިގެންފައެވެ. ރައީސްގެ ކެންޕޭނު ފެއްޓެވުމުގެ ގޮތުން ބޭއްވި ބޮޑު ޖަލްސާ އޮތީ ށ. ފޯކައިދޫގައެވެ. ރައީސް ކެމްޕޭނުގައި ބޭނުންކުރައްވަނީ ޕްރައިވެޓް ބޯޓެކެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް