މާއްޓޭގެ ހެޓްރިކުން ޔަންގް ޝޫޓާސްއަށް މޮޅެއް
މުހައްމަދު ޔާސިރު މޫސާ
10 ޖުލައި 2023 - 23:21:53
ހެނބަދޫ ޖޯޝް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ޝޫޓާސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.
ޔަންގް ޝޫޓާސްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ލަވެންޑާ ޔުނައިޓެޑާއެވެ. ޔަންގް ޝޫޓާސް މޮޅުވީ 3-2 ންނެވެ. އެޓީމުގެ ތިން ލަނޑުވެސް ޖެހީ މުހައްމަދު މައުރޫފް (މާއްޓޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް މާއްޓޭއެވެ. މާއްޓޭގެ ތިން ލަނޑުޖަހާ ހެޓްރިކް ހެދުމަށް އެހީތެރިވެދިނީ ހުސައިން އަބްދުﷲ (އުޗީ) އެވެ.
މި މެޗުގައި އުޗީ ވަނީ ދެލަނޑު ޖަހާފައެވެ. ނަމަވެސް އޭނާ ދެލަނޑު ޖެހިއިރުވެސް ހުރީ އޮފްސައިޑޫ ޕޮޒިޝަނެއްގައެވެ.
މެޗު ނިމެނިކޮށް، ލަވެންޑާގެ އަލީ ފާއިޒް ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް ނަމަވެސް އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމާ، ރެފްރީ ވަނީ އެލަނޑު ބަލައިނުގަނެފައެވެ.
މިއީ ޖޯޝް ޖަމިއްޔާއިން އިންތިޒާމުކޮށްގެން މި މުބާރާތް ބާއްވާ 16 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް