ads
މޯލްޑައިވާސް ޑައިވިންއިން މަސްވެރިންނަށް ޕްރޮފެޝަނަލް ޑައިވިން ޕްރޮގްރާމްތަކެއް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:މޯލްޑައިވާސް
މޯލްޑައިވާސް ޑައިވިން ސެންޓަރުން މަސްވެރިންނަށް ޕްރޮފެޝަނަލް ޑައިވިން ޕްރޮގްރާމްތަކެއް
ކ. ދިއްފުށީގައި ހުންނަ މޯލްޑައިވާސް ޑައިވިން ސެންޓަރުން ދިވެހި މަސްވެރިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްރޮފެޝަނަލް ޑައިވިން ޕްރޮގްރާމްތަކެއް ފަށަން ނިންމައިފިއެވެ.

މޯލްޑައިވާސްއިން ބުނީ އެ ސެންޓަރުން ޑައިވިން ޕްރޮގްރާމްތައް ތައާރަފުކުރަނީ އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ދީލަތި އެހީގެ ދަށުން ކަމަށެވެ. މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޮބް ސެންޓަ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް މޯލްޑައިވާސްއިން ބުނެއެވެ.

މޯލްޑައިވާސްއަކީ މަތީ ފެންވަރުގެ ސްކޫބާ ޑައިވިން ތައުލީމާއި ސެޓިފިކޭޝަނަށް މަޝްހޫރުވެފައިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާއެއް ކަމަށްވާ ސްކޫބާ ސްކޫލްސް އިންޓަނޭޝަނަލް (އެސްއެސްއައި) އާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ޒަމާނީ ޓީޗިން ޓެކްނިކްސް ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އިސްކަންދޭ ސެންޓަރެކެވެ.

މޯލްޑައިވާސްއިން މިހާރުވެސް ރާއްޖޭގެ މަސްވެރިންނަށް އޯޕަން ވޯޓާ ޑައިވާ، އެޑްވާންސް، ފަސްޓް އެއިޑް، ރެސްކިއު އަދި ޑީޕް ޑައިވަ ކޯސްތައް ހިމެނޭ ގޮތަށް އެސްއެސްއައި ޑައިވް ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ. މި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިންގެ ސްކޫބާ ޑައިވިން ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ރިއާޔަތްކުރާ ކަމަށް މޯލްޑައިވާސްއިން ބުނެއެވެ.

މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި ބައިވެރިވުމަށް މޯލްޑައިވާސްއަށް ގުޅުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށް އެ ސެންޓަރުން އެދެއެވެ.

ފޯން: 7777532

އީމެއިލް: [email protected]

your imageމޯލްޑައިވާސް ޑައިވިން ސެންޓަރު: ތަމްރީނު ޕްރޮގްރާމްތައް ދަނީ ހިންގަމުން - ފޮޓޯ:މޯލްޑައިވާސް

މޯލްޑައިވާސް ޑައިވިން ސެންޓަރަކީ 24 އަހަރަށްވުރެ ގިނަ ދުވަހު މުޖުތަމައަށް ހިދުމަތްދެމުން އަންނަ ވަރަށް ރަނގަޅަށް ގާއިމުކުރެވިފައިވާ ޑައިވިން ފެސިލިޓީއެކެވެ. 

އެ ސެންޓަރުން ފުޅާ ދާއިރާއެއްގައި ސްކޫބާ ޑައިވިންގެ ގިނަ ކޯސްތަކާއި ޕްރޮގްރާމްތައް ހިންގަމުން އަންނައިރު، ރައްކާތެރިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދީގެން ފެންވަރު ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދިނުމަށް އިސްކަންދެއެވެ. މުޖުތަމައުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މޯލްޑައިވާސްއަކީ ޒިންމާދާރު ޑައިވިން އާދަތައް ކުރިއެރުވުމަށާއި ރާއްޖޭގެ ކަނޑުގެ އިކޯސިސްޓަމް ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް