ads
ޖާބިރު ހައްޔަރު ކުރުމާ ގުޅިގެން ބޭއްވި ޕްރެސްގައި ދިޔާނާ: ފޮޓޯ ސަން
ގައުމެއް މިވަރަށް ފަސާދަ ވީމާ ދެން ބޭނުންވާނީ ނަބިއްޔެއް ކަމަށް ބުނޭ: ދިޔާނާ
ދިވެހިރާއްޖެ މިހާރު ފަސާދަ ވެފައިވާ މިންވަރަށް ގައުމެއް ފަސާދަވުމުން، އެ ގައުމަކަށް ދެން ބޭނުންވާނީ ނަބިއްޔެއްކަމަށް މުސްކުޅިން ބުނާކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ދިޔާނާ ޓުވިޓާގައި މިހެން ވިދާޅުވިއިރު ވަނީ ތިން ކަމަކަށް އަލި އަޅުއްވާލައްވާފައެވެ. އޭގެ ތެރެގައި ރައީސް ޔާމީނުގެ މައްސަލަ ހައިކޯޓުގެ ބަލާ ބެންޗުގެ ދެ ފަނޑިޔާރުން ޗުއްޓީ ނެގުމާ، އަލީވަހީދު ރާއްޖެ ވަޑައިގަތުމުގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފުރުން ހިމެނެއެވެ. 
"މުސްކުޅިން ބުނޭ ގައުމެއް މިވަރަށް ފަސާދަ ވީމާ އެތަނަށް ދެން ބޭނުންވާނީ ނަބިއްޔެއްކަމަށް،" -ދިޔާނާ-

ދިޔާނާ ވިދާޅުވީ އެ ހާލަތަށް ރާއްޖެ ދިޔަ ނަމަވެސް މިއީ ފަހު ޒަމާން ކަމުން ދެން އޮތީ ރާސޫލާ (ސއވ) ގެ ރިސާލަތު ދިރުވުން ކަމަށެވެ. 
"އެކަން ކުރަން މިތަނުގައި ތިބި ގިނަ މީހުންވެސް ތިބީ ފަސާދަ އަށް ގެނބި ނިމިފައި،" ދީނީ އިލްމުވެރިންނަށް ވެސް ނުސީދާކޮށް ފާޑުވިދާޅުވަމުން ދިޔާނ ވިދާޅުވިއެވެ.
ރާއްޖޭގެ ކަންކަން ހިނގަމުންދާގޮތަށް މިހާބޮޑަށް ފާޑުވިދާޅުވިއިރު، ދިޔާސާނާގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދާދި ފަހުން ވަނީ ވެރިކަމުގައި އޮތް އެމްޑީޕީއަށް ގުޅިވަޑައިގެންފައެވެ. އަދި އޭނާ އަންނަނީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށް މަސައްކަތް ވެސް ކުރަމުންނެވެ. 

ދިޔާނާ ވަނީ ބަންޑާރަ ނައިބުކަމުގެ އިތުރުން ސާކްގެ ސެކެރެޓަރީ ޖެނެރަލް ކަންވެސް ކުރައްވާފައެވެ. އަދި އެނާއަކީ ގާނޫނީ ގޮތުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ގާނޫނީ ވަކީލެއްވެސް މެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް