އުމަރު ނަސީރު ވިދާޅުވީ އޭނާއާއި އޭނާގެ ކެމްޕޭން ޓީމް އަންނަ ހުކުރު ދުވަހު ވ.އަތޮޅުގެ 3 ރަށަށް ކުރާ ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުގައި ވ. ފެލިދޫ، ވ. ކެޔޮދޫ އަދި ވ. ފުލިދޫ އަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުމަރު ވިދާޅުވީ މަސްތުވާއެއްޗެތީގެ ސަބަބުން މިގައުމަށް ލިބެމުންމިދާ ގެއްލުމާ، ގައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަށް ޙައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފުމުގެ މުހިންމު ކަމާ ބެހޭގޮތުން ވާހަކަ ދައްކާނެކަމަށެވެ.
ރިޔާސީ ކެމްޕޭންގައި އުމަރާއި، އޭނާގެ ޓީމުން ކެމްޕެއިން ހަރަކާތްތައް ފެށުމަށް ތައްޔާރު ވަމުންދާއިރު، ސިޔާސީ ޕާޓީތަކުން މިއިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި، ޕާޓީތަކުން ދަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.