ads
ގްރޭވްސް އާއި ޖަންގް ޝޫޓާސް ބައްދަލުކުރި މެޗުގެ ތެރެއިން
ޔަންގް ޝޫޓާސް ބަލިކޮށް ގްރޭވްސް ދެވަނައަށް
ނ. ހެނބަދޫ ޖޯޝް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ޝޫޓާސް ބަލިކޮށް، ގްރޭވްސް އެފްސީ އިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މުބާރާތުގައި ޔަނގް ޝޫޓާސް އާއި ބައްދަލުކުރި މެޗު ގްރޭވްސްއިން ކާމިޔާބުކުރީ 2-1 ންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ގްރޭވްސްއަށް ލީޑު ނަގައިދިނީ ހުސައިން ވިޝާލެވެ. 

ނަމަވެސް ޔަންގް ޝޫޓާސްގެ މުހައްމަދު މައުރޫފް (މާއްޓޭ) ވަނީ ލަނޑެއް ޖަހާ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ގްރޭވްސް މޮޅުވި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަހްމަދު އަބްދުއްރަހްމާނެވެ. 

ގްރޭވްސް ތާވަލުގެ ދެވަނައަށް ޖެހިލީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްގެން ލިބުނު ހަ ޕޮއިންޓާއެކުއެވެ. އެއްވަނާގައި ބްރަދާސްއަށްވެސް ލިބެނީ ހަ ޕޮއިންޓެވެ. ބްރަދާސް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި އެފްސީ ހާގަނޑުގެ މައްޗަށް ވަނީ 2-0ން ކުރިހޯދާފައެވެ. ޕޮއިންޓެއް ނުލިބި ހާގަނޑު އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ. ތާވަލުގެ ފުލުގައި ލަވެންޑާ އޮތީ ޕޮއިންޓެއް ނުހޯދި، ބައިކޮޅަށް ގިނަ ލަނޑު ވަނުމުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް