ads
ރައީސް ސޯލިހު ގުރައިދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް
ފަނޑިޔާރުގެއަށް އޭރުވީ ގޮތް ކިޔާދޭކަށް ނުޖެހޭ: ރައީސް ސާލިހު
އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާވިއިރު ފަނޑިޔާރުގޭގެ ހާލަތު ކިޔައި ނުދިނަސް ރައްޔިތުން ހަނދާން ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގުރައިދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް މިއަދު ވަނީ ދަންނަވާފައެވެ.  

ރައީސް ސޯލިހުގެ މިދަތުރުފުޅަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ގުރައިދޫ ދާއިރާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މިއަދު އެންމެ ފުރަތަަމަ ވަޑައިގެންނެވީ ގުޅިއަށެވެ. 

ގުރައިދޫ ދާއިރާގެ ކެމްޕޭނަށް ކުރައްވާ ދަތުރުގައި، ގުޅިއަށް ވަޑައިގެން ގުޅީ ރައްޔިތުންނާއި މުހާތަބް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުގައި ކަންކަން އޮތް ގޮތާއި، މިއަދު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަންކަން އޮތްގޮތް ވަޒަން ކޮށްލުމުން ރައްޔިތުންނަށް ކަންކަން ސާފުވާނެކަމަށެވެ.

"މަޖިލީހަށް އަޅުގަނޑުމެން ވަންނަން ދިޔާމަ ސިފައިން ފޮނުވައިގެން ނުވެއްދި. މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލި. ފަނޑިޔާރުގެއެއް އޭރުވީ ގޮތް ކިޔާދޭކަށް ނުޖެހޭ،" ރައީސް ސޯލިހު

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ އަމާން ކަމާއި ސުލްހަވެރި ކަމާއިއެކު ދިރި އުޅެންކަމަށެވެ. ސިޔާސީ ވެރިންނާއި، ނޫސްވެރިންނާއި، ފަނޑިޔާރުން ޖަލަށް ލައިގެން އުޅުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫންކަމަށެވެ. މިވެރިކަމުގައި ދިވެހި ރައްޔިތުންނަށް ހޯދައިދިން ޔަގީންކަމަކީ އަނިޔާވެރިކަމާއި ދުރު ތަރައްގީގެ ކުރިމަގެއް ހޯދައި ދިނުންކަމަށާއި، އެކަން މިއަދު ދިވެހި ރައްޔިތުންނަށް ޔަގީން ވެފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް