ads
ރައީސް ސޯލިހު ގުރައިދޫގައި
އިންތިހާބު ފަށާނީ ވެސް އެއްލައްކަ ވޯޓުން: ރައީސް ސޯލިހު
އެމްޑީޕީގެ އަމާޒަކީ ރިޔާސީ އިންތިހާބުގެ ވޯޓުލާ ދުވަހު އެއްލައްކަ ވޯޓުން ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ރައީސް ސޯލިހު މިހެން ވިދާޅުވީ މިހާރު ގުރައިދޫ ދާއިރާއަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގުރައިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ސޯލިހު ވިދާޅުވީ މިއީ އިންތިހާބަކަށް ކުރިމަތިލާ އެންމެ ބޮޑު ކޯލިޝަން ކަމުގައެވެ. 

އަޅުގަނޑުމެންގެ އަމާޒަކީ އެދުވަހު ވޯޓު ލާއިރުގަ އެއްލައްކަ ވޯޓުއިން ފެށުން. ހަމަކޮށްލަން ދެން އޮތީ ކުޑަކުޑަ ތަންކޮޅެއް: ރައީސް ސޯލިހު

ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް ބޭނުންވަނީ ތަރައްގި ކަމަށާއި އެއީ ހިތަށް ފިނިކަން ލިބޭ ކަމެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް މުޅި ދާއިރާގެ ވޯޓު އެމްޑީޕީއަށް ލިބުން ކަމަށެވެ. 

ޕާޓީން މީގެ ކުރިން ވަނީ ރަށްރަށުގައި ކެމްޕެއިން ފަށައި، ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ބުރުތަކެއް ބާއްވައިފައެވެ. އަދި މިހާރު ވެސް ރަށްރަށުގައި އެ ދާއިރާއަކަށް ނިސްބަތްވާ ޓީމުތަކުން ކެމްޕެއިން މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަންނަ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން އެކަމަށް ކުރިމަތިލާން މި މަހުގެ 23 ގައި ހުޅުވާލާނެ އެވެ. އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް