ads
ބާރަށުގައި ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މައުލޫމާތު ދެއްވަނީ - ފޮޓޯ:އެމްޓީސީސީ
ބާރަށު ނެރު ފުންކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހަށް ނިމޭނެ: އާޒިމް
ހއ. ބާރަށު ނެރު ފުންކުރުމުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ބާރަށުގައި ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މި މަހުގެ 10 ވަނަ ދުވަހު އެ ރަށަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވެފައިވަނީ ބާރަށުގައި އެ ކުންފުނިން މައިގަނޑު ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ އެ ރަށުގެ ނެރު ފުންކުރުމުގެ މަސައްކަތާއި ރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބާރަށު ނެރަކީ ޒަމާނުއްސުރެ ބޭނުންކުރަން އުނދަގޫ ނެރެއް ކަމަށެވެ. ވުމާއެކު ނެރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ފުދޭވަރަކަށް ބޮޑަށް ނެރު ފުންކުރެވިގެންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ނެެރު ފުންކުރުމުގެ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އާޒިމް ވިދާޅުވެފައިވަނީ ރަށުގެ ނެރު ފުންކުރުމުގެ މަސައްކަތް ނިންމާލެވުމުން ބާރަށުގެ ރައްޔިތުން އެދިފައިވާ ބައެއް މަސައްކަތްތައް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން އެދިފައިވާ ގޮތަށް ރަށުގެ ރިންގް ރޯޑް ހެދުމުގެ މަސައްކަތް އެ ކުންފުނިން ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ އާޒިމް ވިދާޅުވިއެވެ.

ބާރަށު ނެރާއި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަޝްރޫއުގެ ދަށުން 28،101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ނެރު ބައްތި ހަރުކުުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. މި މަޝްރޫއަކީ 12.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް