ads
ލަވެންޑާ ޔުނައިޓެޑް
ހާގަނޑު ބަލިކޮށް، ލަވެންޑާއިން ސެމީގެ އުންމީދު ހޯދައިފި
ނ. ހެނބަދޫގައި ކުރިއަށްދާ ޖޯޝް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެފްސީ ހާގަނޑު ބަލިކޮށް، ތާވަލުގެ ފުލުގައި އޮތް ލަވެންޑާ ޔުނައިޓެޑުން މުބާރާތުގެ ސެމީ ފައިނަލް ކުޅުމުގެ އުންމީދު ހޯދައިފިއެވެ.

ހާގަނޑާއި، ލަވެންޑާ ބައްދަލުކުރި މެޗު ލަވެންޑާއިން ކާމިޔާބުކުރީ 1-0 ންނެވެ. މެޗުގެ ދެވަނަ މިނެޓުގައި، ލަވެންޑާ މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ފާއިޒެވެ. 

ލަވެންޑާގެ ލަނޑަށްފަހު ހާގަނޑުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފި ބޭކާރުވީއެވެ. ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅުނީ ލަވެންޑާއިންނެވެ. 

މި މޮޅާއެކު ލަވެންޑާއަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދުމުގެ އުންމީދު ލިބިފައެވެ. ފަސް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ދެވަނަ އާއި އިންވަނަ ހޯދާ ދެޓީމުގެ މެޗުގެ ސެމީ ފައިނަލެއް ކުޅޭނެއެވެ. 

ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ އެފްސީ ބްރަދާސްއެވެ. ދެވަނާގައި އޮތް ގްރޭވްސްއަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ތިން ޕޮއިންޓާއެކު ޔަނަގް ޝޫޓާސް ތިން ވަނާގައި އޮތް އިރު، ލަވެންޑާ އޮތީ ހަތަރު ވަނާގައެވެ. ލަވެންޑާ އަތުން ބަލިވި ހާގަނޑު ޕޮއިންޓެއް ނުލިބި އޮތީ ތާވަލުގެ ފުލުގައެވެ. 

މުބާރާތުގައި މިއަދު ބައްދަލުކުރާނީ ބްރަދާސް އާއި ގްރޭވްސްއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް