ads
އިބްރާހިމް އިސްމާއިލް ، ފޮޓޯ؛ ވަން
ރައްޔިތުން ހޯދި މިނިވަންކަން ޖުމްލަކޮށް ގެއްލިއްޖެ: އިބްރާ
ދެ ހާސް އަށްވަނަ އަހަރުގެ ކުރިން ރާއްޖެ އޮތް ހާލަތަށް ރާއްޖެ ގޮސްދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށާއި، ރައްޔިތުން ހޯދި މިނިވަންކަން ޖުމްލަކޮށް މިހާރު ގެއްލިފައިވާކަމަށް، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް އިބްރާ ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވެފައިވަނީ ސީއެންއެމްޓީވީގެ 'ރިޔާސީރޭސް 2023' ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުނެވެ. 

އިބްރާ ފާހަގަކުރެއްވީ މިހާރު ފެންނަނީ އޭރުގެ ހާލަތު ރުޖޫއަވާތަން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާ ކޮންމެ ކަމެއް ބޭނުންފުޅުވާ ގޮތަކަށް ކުރުމުން ދިމާވާ ކަމެއް ކަމަށެވެ. އަދި އެކަމާއި ސުވާލު އުފައްދާ އެކަމާއި ޖަވާބުދާރީ ކުރެވޭ ހާލަތެއް މިހާރު ނޯންނަ ކަމަށް އިބުރާ ވިދާޅުވިއެވެ.

ޖަވާބު ދާރީ ކުރުމާއި ނުރަނގަޅު ކަންތައް ކުރާ މީހުންނަށް އަދަބު ދެވުމަކީ މުހިންމު ކަންތައްތަކެއް ކަމަށް އިބްރާ ވަނީ ފާހަގަކުރައްވާފައެވެ.

" ސަރުކާރު ތެރޭގައި ނާޖާއިޒު ކަންތައް ކުރާމީހުންގެ މައްސަލަތައްބެލި އަދަބު ނުދެވޭ. 2008 އެއްގެ ކުރީގެ ހާލަތަކީވެސް އެއީ. މި ދެ ކަންތަކީ ވަރަށް މުހިންމު ދެ ކަންތައް. މި ދެ ކަންތައް ނެތިގެންދިޔައިމަ ވާ ގޮތަކީ ދައުލަތުގެ ތެރޭން އެއްވެސް ބާރެއް ނުލިބޭ. އެކި މަގާމްތަކުގައި ތިބޭ މީހުން އެމީހުން ބޭނުން ގޮތަކަށް ކަންތައް ކުރަނީ. ބޭނުން ވެއްޖެ ނަމަ ޒާތީގޮތުންވެސް މީހާކާ ދިމާ ކޮށްލެވޭ." އިބާރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ރައްޔިތުން ހޯދާފައިވާ މިނިވަންކަން މިހާރު ޖުމްލަކޮށް ގެއްލިފައިވާކަމަށެވެ. އިބްރާ ވަނީ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމުގެ އިސްލާހީ މަސައްކަތް ވެސް ކުރައްވާފައެވެ. އަދި އެ މަސައްކަތް ފެށިގެން އައި ދުވަސްވަރު އެންމެ ބޮޑަށް އެ މަސައްކަތުގައި ބައިވެރިވި މީހުންގެ ތެރޭގައި އިބްރާ ހިމެނެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް