ads
މިނިސްޓަރު ފައްޔާޒު އަދި ރައީސް ނަޝީދު. ފޮޓޯ: އަވަސް
ފައްޔާޒުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް
އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެ ނަޝީދު ބިރު ދެއްކެވުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށާއި އެކަން އެގޮތަށް ނުވާނޭ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

ފައްޔާޒް މިހެން ވިދާޅުވީ ރައީސް ނަޝީދު ޑިމޮކްރެޓްސްއަށް ސޮއި ކުރި ރަސްމިއްޔާތުގައި ނަޝީދު ދެއްކެވި ވާހަކައާއި ގުޅިގެން އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕްއަކަށް ފޮނުވި މެސެޖެއްގައި އެވެ. 

ޑިމޮކްރޭޓްސް އަށް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ރުޅާލާނެ ކަމަށާއި، އަދި އެޕާޓީގެ ކެޔޮގަނޑުގެ ފޫވަށް ވެއްޓިފައިވާ ކަމަށެވެ.

" އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލަނަން. ތިކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ. ތިޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ނަޝީދު

ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ، އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެ ނަޝީދު ބިރު ދެއްކެވުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށެވެ.

އިތުރަށް ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އެތައްބައެއްގެ ވިސްނުން ކަމަށާއި، އެޕާޓީން އުފެއްދި މީހުންގެ ވިސްނުމަކީ އެއީ ނަޝީދުގެ އާއިލާއާއި ނަޝީދަށް އުފައްދައިދޭ ޕާޓީއަކަށް ވުން ނޫން ކަމުގައެވެ.

މިއީ މި ޕާޓީ އުފެއްދުމުގައި ގުރުބާންވީ އެތައް ބައެއްގެ ވިސްނުމެއް ނޫން. އޭރު އުފެއްދި މީހުން ދެކެވަޑައިނުގަންނަވާ މިއީ ރައީސް ނަޝީދު އާއި އާއިލާއަށް އުފައްދައި ދޭ ޕާޓީއެއް ކަމަށް” ފައްޔާޒު ވިދާޅުވިއެވެ.

67%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް