ރައީސް ސޯލިހު ކޮޅުފުއްޓަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސް ސޯލިހު މިއަދު ފެއްޓެވި މި ދަތުރުފުޅުގައި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ވަޑައިގަންނަވާނެއެވެ.
މ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ވ. އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ވ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ވަނީ ށ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ.