ads
2016 ވަނަ އަހަރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ފުލުހުންގެ އިސްވެރިންނާ އެކު
މިއީ މަރުތޭލެއް ހިފައިގެން އަންނަ ވެރިޔަކު ބޭނުންވާ ވަގުތު: އުމަރު ނަސީރު
މިވަގުތަކީ ދިވެހިރާއްޖޭގެ ވެރިކަމަށް 'މަރުތޭލެއް' ހިފައިގެން އަންނަ ވެރިއަކު ބޭނުންވާ ވަގުތުކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ ރޭ ވ އަތޮޅުގައި ބޭއްވި ކެންޕޭނު ޖަލްސާއެއްގައި ވާހަަކަ ދައްކަވަމުންނެވެ. 

އުމަރު ވިދާޅީ މަރުތޭލެއް ހިފައިގެން އަންނަވެރިއަކު ވެރިކަމަށް ވަޑައިގެން ނުވަދެ ހުންނަ މޮހޮރުތައް ވައްދާލަން ޖެހޭކަމަށެވެ. ބެލެވޭ ގޮތުގައި މަރުތޭލެއްގެ ވާހަކަ އުމަރު އެ ވިދާޅުވަނީ ރަމްޒީ ގޮތަކަށެވެ. މަރުތޭލަކީ ހައްލެއް ކަމަށާއި، މޮހޮރުތަކަކީ މައްސަލަތައް ކަމަށް ބެލެވިދާނެއެވެ. 

"މިއީ ތިބޭފުޅުނަށް މަރުތޭލެއް ހިފައިގެން އަންނަ ވެރިޔަކު ބޭނުންވާ ވަގުތު. އެ ވެރިޔަކު އަންނަ ގޮތަށް އައިސް ނުވަދެފައި ހުންނަ މޮހޮރުތައް އެ މޮހޮރުތަކުގެ ބޮލުގައި މަރުތޭލުން ޖަހައި އެ މޮހޮރުތައް ވައްދާ ހަމަކޮށްލާ ކަހަލަ ވެރިޔަކު މިގައުމަށް ބޭނުންވާ ވަގުތު،" އުމަރު ނަަސީރު ރޭ ވިދާޅުވިއެވެ. 

އުމަރު ވިދާޅުވީ އޭނާ ގެނެސްދޭނޭނީ ކުޅޭކުޅޭ ވެރިކަމެއް ނޫންކަމަށެވެ. 

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީހެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެނާގެ ކެމްޕެއިން ރަސްމީކޮށް ފަށާފައިވަނީ ހުކުރު ދުވަހުއެވެ. އުމަރު ނަސީރު ވަނީ ހުކުރު ދުވަހު ވ.އަތޮޅުގެ 3 ރަށަށް ވަޑައިގެންފައެވެ. އެއީ ވ. ފެލިދޫ، ވ. ކެޔޮދޫ އަދި ވ. ފުލިދޫއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް