ads
ނާލާފުށީ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވަނި
20 އަހަރަށްފަހު ރަށުތެރޭގައި ހުރި އިންޖީނު ނިއްވާލައިފި، ނާލާފުއްޓަށް އަމާންކަން
މ. އަތޮޅު ނާލާފުށީގައި އިމާރާތް ކޮށްފައިވާ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މިއީ 20 އަހަރު ވަންދެން އެރަށު ރަށުތެރޭގައި ހިންގަމުން ދިޔަ އިންޖީނުގެ ނިއްވާލުމާއެކު އެރަށު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
Advertisement

ރައީސް ސޯލިހު މި އިމާރާތްތައް ހުޅުއްވައިދެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި މ އަތޮޅަށް ވަޑައިގެން އެއަތޮޅު ނާލާފުއްޓަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުދި ރަށްތައް މިހާތަނަށް ތަރައްގީ ނުވީ، އެ އިރެއްގައި ހުންނަވާ ވެރިޔަކު ސިޔާސީ ވިސްނުން އިސްކުރުމުން ކަމަށާއި ރާއްޖޭގައި އާބާދީ އެންމެ ކުޑަ ރަށްރަށުގެ ތެރޭގައި ހިމެނޭ، މ. ނާލާފުށި ބައްޓަންކޮށްފައި އޮތްގޮތުން، އަބާދީގައި 384 މީހުން ދިރިއުޅޭ މި ރަށަށް ތަރައްގީގެ މަޝްރޫއެއް އަރަނީ 15-20 އަހަރު ފަހުން ކަމަށެވެ.

 އެ ސިޔާސަތުތައް ބަދަލުކުރީ މި ވެރިކަމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާއި ކޯލިޝަންގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް ފޯރުކޮށްދޭންޖެހޭނީ ވަކި ރަށެއް ތަފާތުނުކޮށް. އެ ރައްޔިތަކު ހުރި ތަނެއްގައި އެ ރައްޔިތަކު ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެން މަސައްކަތްކުރަނީ އެ މަގުސަދުގަ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިމިގެންދިޔަ ވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކަށް އައިސްފައިވާ ސިޔާސީ ނުފޫޒު ފޯރުވާފައިވާ މިންވަރު ކޮންމެ މީހަކަށްވެސް އެނގޭކަމަށާއި، އެކަން ހަނދާނަށް ގެންނަވަން ޖެހޭ ކަމަށެވެ. ފުލުހުންގެ މުއައްސަސާއަށް ބެލިކަމުގައި ވީނަމަވެސް އެކަން އެނގޭ ކަމަށާއި، އަހަރަކަށް ކޮމިޝަނަރެއް އައްޔަންކުރި އިރު 7 ދުވަހުން ވެސް އެކަންކަން ހިނގާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކީ ފުލުހުންގެ މުއައްސަސާ އޭގެ ޒާތުގައި ހިނގަން ފުރުސަތު ދެއްވުން ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް