ads
ޓޮމާޓޯ
ޓޮމާޓޯ ވިއްކައިގެން އިންޑިއާ މީހަކު އެއް މަސް ދުވަހުން މިލިއަނަރަކަށް ވެއްޖެ
އިންޑިއާ މީހަކު ޓޮމާޓޯ ވިއްކައިގެން އެއް މަސް ދުވަހުގެ ތެރޭގައި މިލިއަނަރަށް ވެއްޖެއްޖެއެވެ. އިންޑިއާގައި ފާއިތުވީ މަސްތަކުގައި ވަނީ ޓޮމާޓޯގެ އަގު 300 އިންސައްތަ ބޮޑުވެފައެވެ.

މަހާރާޝްތުރާގެ ޖުންނާރު ނަމަކަށް ކިޔާ މީހާ ވަނީ ފާއިތުވީ މަސްދުވަހުގެ ތެރޭގައި 1000 ރުޕީޒް އަށް 13،000 ކްރޭޓް ޓޮމާޓޯ ވިއްކައިގެން މަހެއްގެ ތެރޭގައި 1.5 ކްރޯޑް ރުޕީޒް (2,816,241 ރުފިޔާ) ހޯދާފައިވެއެވެ. 

ދަނޑުވެރިޔާ ޓޫކަރަމް ބަގޯޖީ ގަޔާކަރަކީ ދަނޑުވެރިކަމުގެ 18 އަކަފޫޓުގެ ބިމެއްގެ ވެރިއެކެވެ.  އޭގެ 12 އަކަފޫޓުގައި ޓޮމާޓޯ ހައްދައެވެ.

ޓޮމާޓޯގެ އަގު ބޮޑުވުމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއިން ވަނީ އިތުރު ވަޒީފާތާވެސް އުފެދެން ފަށާފައެވެ.

އިންޑިއާގައި ޓޮމާޓޯގެ އަގު އުފުލުނު ބައެއް ސަބަބުތައް:

މޫސުމުގެ ގޯސްވުން: ވާރޭވެހުމާއި ފެން ބޮޑުވުމުގެ ސަބަބުން މަހާރާޝްތުރާ، ކަރްނާޓަކާ، އަދި ޓެލަންގާނާ ފަދަ ބައެއް ސްޓޭޓްތަކުގައި ޓޮމާޓޯގެ ބާވަތްތަކަށް ގެއްލުން ލިބިފައިވެއެވެ. މިކަމުގެ ސަބަބުން ޓޮމާޓޯގެ ސަޕްލައި ދަށްވެ، ޓޮމާޓޯގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ.

ގަސްތަކަށް ބަލިތައް ޖެހުން: ޓޮމާޓޯ ލީފް ކާލް ވައިރަސްގެ އަސަރު އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ޓޮމާޓޯ ބާވަތްތަކަށް ވެސް އަންނަނީ ކުރަމުންނެވެ. މިކަމުގެ ސަބަބުން ޓޮމާޓޯގެ ސަޕްލައި އިތުރަށް މަދުވެ، އަގު ބޮޑުވެފައިވެއެވެ.

ލޮޖިސްޓިކަލް ގޮންޖެހުންތައް: ފަހަކަށް އައިސް ވިއްސާރައިގެ ސަބަބުން ޓޮމާޓޯ އުފުލުމަށް ކުރާ ދަތުރުފަތުރަށް ވެސް ވަނީ އަސަރުކޮށްފައެވެ. މިކަމުގެ ސަބަބުން ޓޮމާޓޯ މާކެޓްތަކަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެކަމުގެ ސަބަބުން ވެސް އަގުތައް ބޮޑުވެފައިވެއެވެ.

ޑިމާންޑް: ފާއިތުވި މަސްތަކުގައި ޓޮމާޓޯއަށް ޑިމާންޑް ވެސް ވަނީ އިތުރުވެފަ އެވެ. މިއީ އިންޑިއާގެ ގިނަ ކެއުންތަކުގައި ޓޮމާޓޯ އަކީ މައިގަނޑު މާއްދާއަކަށް ވާތީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް