ads
ރައީސް ސޯލިހު މ މުލަކުގައި
ދެވަނަ ދައުރާއި މެދު އެއްވެސް ޝައްކެއްނެތް، ކާމިޔާބު ވާނެ: ރައީސް ސޯލިހު
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ވާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި އުއްމީދަކީ ދެވަނަ ދައުރަކަށް އިންތިހާބުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެންވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅެއްގައި މ އަތޮޅުގެ ރަށްތަކުގެ ތެރެއިން މ މުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނަށް "ޖަޒީރާ ރާއްޖޭ"ގެ ތަސައްވުރާ އެކު ނުކުތީ ރައްޔިތުންނަށް ތަފާތު ކުރުމެއްނެތި އަސާސީ ފަރުވާ ދޭން ކަމަށެވެ. އޭރު ބޭނުމަކަށް ވީ ރާއްޖެއަށް ބޮޑު ބަދަލެއް، ހެޔޮ ބަދަލެއް ގެނެސްދިނުންކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އުތުރާއި މެދު ރާއްޖެ އަދި ދެކުނުގެ ހިސާބުތަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ

ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ހިންގަން އައި ނަމަވެސް، ބައެއް މަސައްކަތްތައް ރައްޔިތުން އެދޭ ބާރު މިނުގައި ކުރިއަށް ނުދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮންޖެހުންތަކަށް ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މުލަކުގައި ފްރީޒިން ކެޕޭސިޓީ އަދި ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭ ވަރު ކުރާނެ ކަމަށެވެ. އެ މަސައްކަތް މިހާރު އޮތީ ޓެންޑާ މަރުހަލާގައި ކަމަށް ވިދާޅުވިއެވެ. މިފްކޯ އަށް އަލަށް ގެންނަ ތިން ބޯޓުގެ ތެރެއިން އެއް ބޯޓު ބާއްވާނީ މި ސަރަހައްދުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް