ads
ޔަނަގް ޝޫޓާސް ޓީމު
ޔަންގް ޝޫޓާސް ސެމީއަށް، ހާގަނޑު ކަޓައިފި
ހެނބަދޫ ޖޯޝް ޖަމިއްޔާއިން ކުރިއަށް ގެންދާ ޖޯޝް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ޔަންގް ޝޫޓާސްއިން ކަށަވަރު ކޮށްފިއެވެ.

ޔަންގް ޝޫޓާސްއިން މުބާރާތުގެ ސެމީގެ ޖާގަ ޔަގީންކުރީ އެފްސީ ހާގަނޑުގެ މައްޗަށް 1-0 ން ކުރި ހޯދައިގެންނެވެ. ޔަންގް ޝޫޓާސް މޮޅުކޮށްދިން ލަނޑު ދެވަނަ ހާފުގައި އެޓީމަށް ޖަހައިދިނީ އަހްމަދު ޝުޔޫންއެވެ. 

މި ނަތީޖާއާއެކު އެޓީމަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ވެފައެވެ. އަނެއްކޮޅުން، ޔަންގް ޝޫޓާސް އަތުން ބަލިވި ހާގަނޑު ވަނީ ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓާފައެވެ. 

ފަސް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ޔަގީން ވާނީ ދެވަނަ އަދި ތިންވަނަ ޓީމު ކުޅޭ ސެމީ ފައިނަލުންނެވެ. 

ޔަންގް ޝޫޓާސްއަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ. މިއީ ޖޯޝް ޖަމިއްޔާއިން އިންތިޒާމުކޮށްގެން މި މުބާރާތް ބާއްވާ 16 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.  

މި މުބާރާތުގެ އެއްވަނަ ހާސިލްކުރާ ޓީމަކަށް ތަށްޓާއި މެޑަލްގެ އިތުރުން 8000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. އަދި ދެވަނައަށްދާ ޓީމަކަށް މެޑަލްގެ އިތުރުން 4000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް