އިމާރަތް ހުޅުވައިދެއްވީ މިއަދު ހެނދުނެއެވެ. ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ވަނީ، އިމާރާތާއި މުލަކު ސިއްހީ މަރުކަޒު ކުރިޔަށްދާ ގޮތް ބައްލަވާލައްވައި މައުލޫމާތު އޮޅުންފިލުއްވަވާފައެވެ.
އެރަށު ސިއްހީމަރުކަޒަށް އިތުރުކުރެވުނު އިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯ ރޫމެއް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިވަގުތު ހުންނެވީ މ ވޭވަށުގައެވެ. އެމަނުކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް އެ ރަށުން ދަންނަވާފައެވެ.