މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވެފައިވަނީ ރާއްޖެެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފާހަގަކުރި ނަމަވެސް ސަރުކާރުން ބޮޑަށް ސަމާލުކަން ދެނީ ފަތުރުވެރިކަމުން ރައްޔިތުންނަށާއި ދައުލަތަށް ލިބޭ ނަފާ އާއި މަންފާގެ މައްޗަށް ކަމަށެވެ.
ފަތުރުވެރިކަމުން ރަށްރަށުގެ ރައްޔިތުންނަށް މި އަހަރު ލިބޭ ފައިދާ އިތުރުވާނެ ކަމަށް ލަފާކުރެއްވޭ ކަމަށް މައުސޫމް ވިދާޅުވިއެވެ.
ސަރުކާރުން އަމާޒު ހިފީ މި އަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ނަމަވެސް، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުން އަންނަ އަދަދަށް ބަލައި މިހާރު ވަނީ އެ އަމާޒު 1.9 މިލިއަން ފަތުރުވެރިންނަށް މަތިކޮށްފައެވެ.