ދާރުލް އާސާރު ބަންދުކޮށްފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނީ މަރާމާތަށް ފަހު ދާރުލްއާސާރު ހުޅުވާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ދާރުލްއާސާރު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ދާރުލް އާސާރު މަރާމާތު ކުރުމަށް ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. ނަަމަވެސް މުޅި މަރާމާތައް 2.1 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
މި މަޝްރޫއުގެ ދަށުން ދާރުލްއާސާރުގައި އަލަށް މަލްޓިމީޑިއާ ރޫމްއެއް ގާއިމުކުރާނެއެވެ.