ads
ގްރޭވްސް އެފްސީ
ބޮޑު މޮޅަކާއެކު ގްރޭވްސް އެއްވަނައަށް
ޖޯޝް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ލަވެންޑާ ޔުނައިޓެޑާއި ބައްދަލުކުރި މެޗުގައި ބޮޑު މޮޅެއް ހޯދާ، ގްރޭވްސް އެފްސީން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގްރޭވްސްއިން ވަނީ ލަވެންޑާގެ މައްޗަށް 12-0 ން ކުރިހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގްރޭވްސްގެ އާލިމް އަބްދުލް ގައްޔޫމެވެ. އޭނާ ވަނީ މި މެޗުގައި ފަސް ލަނޑު ޖަހާފައެވެ. އާލިމްގެ އިތުރުން ގްރޭވްސްގެ މުހައްމަދު ވަހީދު ފަސް ލަނޑު ޖެހިއިރު، އަހްމަދު އަބްދުއްރަހްމާން އެއް ލަނޑު އަދި އިބްރާހިމް ޝިފާގު ވަނީ ލަނޑެއް ޖަހާފައެވެ. މީގެ އިތުރުން ލަވެންޑާގެ ސަމީހް މުހައްމަދު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. 

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނާގައި ގްރޭވްސް އޮތީ 10 ޕޮއިންޓު ހޯދައިގެންނެވެ. ލީގު ބުރުގެ އެއްވަނަ ހޯދައިގެން ސީދާ ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު ގްރޭވްސްއަށް އެބައޮތެވެ. 

ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު ބުރު ނިމޭއިރު އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށެވެ. ފައިނަލުގައި ވާދަކުރާ ދެވަނަ ޓީމު ޔަގީންވާނީ ދެވަނަ އަދި ތިންވަނަ ޓީމު ކުޅޭ ސެމީ ފައިނަލުންނެވެ. 

މިއީ ޖޯޝް ޖަމިއްޔާއިން އިންތިޒާމުކޮށްގެން މި މުބާރާތް ބާއްވާ 16 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.  

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް