ads
ސ.މަރަދޫ ފޭދޫ ލަގްޒަރީ ވިލާ ހަސަން ހަލީމް.....
ފުރާޅަކުން ވެއްޓި ލިބުނު އަނިޔާ ހަސަން ހަލީލް އެހީއަށް
ސ.މަރަދޫ ފޭދޫ ލަގްޒަރީ ވިލާ ހަސަން ޙަލީލް، ފުރާޅަކުންވެއްޓި ލިބުނު ގެއްލުމެއްގައި އޭނާ ވަނީ ބޮލުގެ ނާށިގަނޑު ބަދަލު ކުރަންޖެހިފައެވެ. ރާއްޖެއިން ދެމުންދާ ފަރުވާ އިން ރަނގަޅު ނުވެ ގޮސްފި ނަމަ ރާއްޖެއިން ބޭރަށްދާންޖެހިދާނެ ކަމަށް އެއާއިލާ އަށް ޑޮކްޓަރުންވަނީ އަންގާފަ ކަމަށް ހަލީމް އަށް ބޮޑުބޭބެ ކިޔާ އާއިޝަތު ފުޒޫނާ ބުންޏެވެ.

ސީއެންއެމްއަށް ހަލީމްގެ ބަލީގެ ހާލަތު ކިޔައިދެމުން ފުޒޫބާ ބުނީ ބޭބެ އަކީ ނުކުޅެދޭ މީހެއް ކަމަށާއި، ބޭބެ އަށް އަނިޔާ ވީ ބޭބެގެ ރައްޓެއްސެއްގެ ގެއަށް މަސައްކަތަކު ގޮސް ފުރާޅަށް އަރާ އުޅެނިކޮށް ވެއްޓިގެން ކަމަށެވެ.

"ފުރާޅުން ވެއްޓުނު އިރުވެސް ބޭބެ އޮތީ ހޭނެތިފައި. އަވަހަށް ގެންދިޔައީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް. އެ ހޮސްޕިޓަލުންވެސް ބުނީ ބޭބެ ސިކުޑިއަށް ލޭ އެޅިފައި ހުރިވާހަކަ." ފުޒޫނާ ބުންޏެވެ.

މިހާރު މާލޭއަށް ބޭބެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާދޭތާ މަހެއް ވެފައިވާ ކަމަށާއި، އަދިވެސް ރަނގަޅުވަމުންދާ ކަމުގެ ޔަގީން ކަމެއް ލިބިފައި ނެތް ކަމަށެވެ. ބޭބެގެ ސިކުޑީގައި ދަނީ ފެން ހެދުމުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައި ކަމަށް ވެސް ފުޒޫނާ ބުންޏެވެ. 

ނަމަވެސް އެއްވެސް ވަރަކަށް ފައިސާ ލިބޭނެ ވަސީލަތެއްވެސް އެމިހުންނަށް ނެތް ކަމަށެވެ. ހަލީމް އަކީ ވެމްކޯގެ މަސައްކަތު ވަޒީފާގައި އުޅުނު މީހެއް ނަމަވެސް ލިބުނު އަނިޔާގެ ސަބަބުން ހަލީމް ހޮސްޕީޓަލުގައި އޮތުމުން މުސާރަ ނުލިބެއެވެ. 

އަދި ހަލީމްގެ ހުރި ހަމައެކަނި ދަރިފުޅު މިހާރު ހުރީ ހަލީމް ގޮވައިގެން މާލެ އައިސް ކަމަށާއި، އެކުއްޖާ އަށް ވެސް މަޖުބޫރުވީ ބައްޕަ އަށްޓަކާއި ވަޒީފާ ދޫކޮށް މާލެ އަންނަން ކަމަށް ވެސް ފުޒޫނާ ބުންޏެވެ. އެހެން ކަމުން އެއްވެސް ވަރަކަށް އެމީހުންގެ އަތުގައި ފައިސާއެއް ނެތް ކަމަށާއި، މާލޭގައި ތިބޭނެ ތަނެއް ނެތުމުން ތިބެން ޖެހިފައިވަނީވެސް ކޮޓަރި ކުއްޔަށް ކަމަށް ބުނެފައިވެއެވެ.  ކޮޓަރު ކުއްޔާއި، ކެއުމަށްވެސް އެމީހުން ވަނި ފައިސާ ނެތުމުގެ ސަބަބުން ދަތި ތަކާއި ކުރިމަތިލާން ޖެހިފަ ކަމަށް ފުޒޫނާ ބުންޏެވެ.

އަދި ހަލީމްގެ ފަރުވާ އަށް ބައެއް ބޭސްތަކާއި އިންޖެކްޝަން ވެސް ގަންނަން ޖެހޭ ކަމަށާއި، އެގޮތުން ގަންނަން ޖެހޭ އިންޖެކްޝަނުގެ އަގަށްވެސް 450 ރުފިޔާ އަރާ ކަމަށްވެސް ބުނެފައިވެއެވެ. މިއީ ކޮންމެ ދުވާލަކަށް ގަންނަން ޖެހޭ އިންޖެކްޝަނެއް ކަމަށާއި، ނަމަވެސް ދުވާލަކަށް އެ އިންޖެކްޝަން ގަންނަންޖެހޭތީ ފައިިސާ ނެތުމުގެ ސަބަބުން އެކަން ނުވާނެތީ އެމީހުންތިބީ ކަންބޮޑުވެފައި ކަމަށެވެ.

"މިހާރު ޑޮކްޓަރުން މަސައްކަތް ކުރަނީ ދަނގަޑު ނާށި ގަނޑެއް ލައްވަން. އެކަމަކު ފަހަރެއްގަ ބޭރަށްވެސް ދާން ޖެހިދާނެ ކަމަށް ބުނެފަވޭ." ފުޒޫނާ

your imageސ.މަރަދޫ ފޭދޫ ލަގްޒަރީ ވިލާ ހަސަން ޙަލީލުގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް....

ފުޒޫނާ ބުނީ އެއާއިލާ އަކީ ފުދުންތެރި ކަން ދަށް އާއިލާ އެއް ކަމަުން އާންމުންގެ އެހީތެރިކަމަށް ބޭނުންވާ ކަމަށެވެ. ހަލީމްގެ އާއިލާ އިން އެދެނީ ތި އެންމެންގެ ދީލަތި އެހީތެރި ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

ގުޅޭނެ ނަމްބަރު: އައިޝަތު ފުޒޫނާ (ހަސަން ޚަލީލް އަށް ބޮޑުބޭބެ ކިޔާ ކުއްޖެއް) 9185300

ހަސަން ޙަލީލްގެ ދަރިފުޅު: މުހައްމަދު އަމަން:  7421765

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި: 7730000547908 (އައިޝަތު ފުޒޫނާ)

އެކައުންޓް ނަމްބަރު:  ބީއެމްއެލް ޑޮލަރު:   7730000460410 (އައިޝަތު ފުޒޫނާ)

30%
ކަމުގޮސްފި
70%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް