ads
މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ދިރާގުން މަމްސް އެއިޑުގެ ބެކް ޓު ސްކޫލް ޕްރޮގްރާމުގައި ބައިވެރިވުން - ފޮޓޯ:ދިރާގު
ދިރާގުން މަމްސް އެއިޑާ ގުޅިގެން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް އެހީވަނީ
މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން މަމްސް އެއިޑުގެ 'ބެކް ޓު ސްކޫލް 2023' ޕްރޮގްރާމުގައި ބައިވެރިވެއްޖެއެވެ.

ދިރާގުން ބުނީ 'ބެކް ޓު ސްކޫލް 2023' ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުން ކަމަށެވެ. މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައްވެސް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނެފައިވަނީ މި ޕްރޮގްރާމުގެ ދަށުން މަމްސް އެއިޑުގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން ދިރާގުގެ އެހީތެރިކަމާ އެކު 'ބެކް ޓު ސްކޫލް 2023' ޕްރޮގްރާމުގައި މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ކީ ސްޓޭޖު ތިނެއް އަދި ހަތަރެއްގެ ދަރިވަރުންނަށް މި ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭ އެންޖީއޯއެކެވެ. ދިރާގުން ބުނި ގޮތުގައި މަމްސް އެއިޑާ އެކު އެ ކުންފުނިން ކުރިއަށް ގެންދާ މި ޕާޓްނަޝިޕްގެ މަގުސަދަކީ އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެއްބާރުލުން ދިނުމާއި ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުން ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް