ރިޕޯޓުތައް ބުނާގޮތުން ހުކުރު ދުވަހުގެ ހެނދުނު ނޯތު ޓޮލްސްޓާގެ ޓްރައިގް މޯ ބީޗަށް 55 ބޮޑުމަސް ލެއްގިއިރު، އޭގެ ތެރެއިން ސަލާމަތް ކުރެވޭ ހާލަތުގައި އޮއްވާ ފެނުނީ 15 މަހެވެ. ބާކީ ހުރި ބައެއް މަސްތައް ދިރިހުރި ނަމަވެސް، ރައްކާތެރިގޮތަކަށް އެތަކެތި މަރާލުމަށް ވަނީ ނިންމާފައެވެ.
މަރުވެފައިވާ ބައެއް މަސްތަކުގެ ޕޯސްޓު މޯޓަމް ހަދައި ލެއްގީ ކީއްވެތޯ އަންނަނީ ބަލަމުންނެވެ.
މިއީ މަދުން ނޫނީ ނުފެންނަ ނަމަވެސް ހިތާމަވެރި ހާދިސާއެކެވެ. ގޮނޑުދޮށުގައި ވެލްތައް ތާށިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވި ނަމަވެސް ބީޑީއެމްއެލްއާރު އިން ދަނީ ތަހުގީގު ކުރަމުންނެވެ. ސްކޮޓިޝް މެރިން އެނިމަލް ސްޓްރެންޑިން ސްކީމް (އެސްއެމްއޭއެސްއެސް) އިން ވެސް މި ތަހުގީގުގައި ބައިވެރިވެއެވެ.
ޕައިލެޓް ވޭލް އަކީ ކޯމަހުގެ އާއިލާގައި ހިމެނޭ ކޯމަހަކަށްވުރެ ބޮޑު މަހެކެވެ.