ads
ޗަންދްރަޔާން-3
އިންޑިއާއިން ހަނދަށް ފޮނުވި ރޮކެޓުގެ އިންޖިނިއަރުންނަށް މުސާރަ ނުދޭތާ އެއް އަހަރު
އިންޑިއާއަށް ހަނދަށް ފޮނުވާލި ރޮކެޓު، ޗަންދްރަޔާން-3 ގެ ލޯންޗް ޕެޑް ހެދި އިންޖިނިއަރުންނަށް މުސާރަ ނުދޭތާ އެއް އަހަރުވެއްޖެކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.

މި އިންޖިނިއަރުން މަސައްކަތް ކުރަނީ ރަންޗީގައި ހުންނަ ހެވީ އިންޖިނިއަރިން ކޯޕަރޭޝަން (އެޗްއީސީ) ގައެވެ. އެމީހުން ބުނާ ގޮތުގައި ޑިސެމްބަރު 2021 އިން ފެށިގެން މުސާރައެއް ނުލިބެއެވެ. 

އެޗްއީސީ އަކީ މިނިސްޓްރީ އޮފް ހެވީ އިންޑަސްޓްރީސްގެ ދަށުން ހިންގާ ޕަބްލިކް ސެކްޓާގެ ކުންފުންޏެކެވެ. އިންޑިއާ ސަރުކާރަށް ބޭނުންވާ ހެވީ އިންޖިނިއަރިން އިކުއިޕްމަންޓްތައް ފަރުމާކުރުމާއި، އުފެއްދުމާއި، ސަޕްލައިކުރުމުގެ ޒިންމާ އުފުލަނީ އެ ކުންފުނިންނެވެ. އެޗްއީސީއަށް މާލީ ދަތިތަކެއް ކުރިމަތިވަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، މިކަމުގެ ސަބަބުން އިންޖިނިއަރުންނަށް މުސާރަ ދިނުން ލަސްވެފައިވެއެވެ.

ޗަންދްރަޔާން-3 މިޝަނަށް ލޯންޗް ޕެޑް ހަދާފައިވާ އިންޖިނިއަރުން ބުނާ ގޮތުގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް ދަތިތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ. އެމީހުންނަށް ދިރިއުޅެން އާއިލާތައް ހުރުމުން، ބިލްތައް ދައްކާނެ ގޮތަކާ މެދު ކަންބޮޑުވެއެވެ. އަދި އެމީހުންގެ މަސައްކަތަށް މުސާރަ ނުލިބުމުން އެމީހުންގެ ހިތްވަރު ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި މިޝަންގެ އަކީ ކޮބާ؟ 

ޗަންދްރަޔާން-3 އަކީ އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ހިންގާ ތިން ވަނަ ހަނދު އެކްސްޕްލޯރޭޝަން މިޝަން އެވެ. އެއީ ޗަންދްރަޔާން-2 އާއި އެއްގޮތް ލޭންޑަރަކާއި ޕްރަގްޔަން ރޯވަރެއް ނަމަވެސް އޯބިޓަރެއް ނެތް އެއްޗެކެވެ. އޭގެ ޕްރޮޕަލްޝަން މޮޑިއުލް އުޅެނީ މުވާސަލާތީ ރިލޭ ސެޓެލައިޓެއް ފަދައިންނެވެ.

ޗަންދްރަޔާން-3 މިޝަން ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި ލޭންޑަރު ހަނދުގެ ދެކުނު ޕޯލާ ސަރަހައްދުގައި އޮގަސްޓް 23 ނުވަތަ 24 ވަނަ ދުވަހު ޖައްސާނެއެވެ. 

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް