ads
ޔަންގް ޝޫޓާސް އާއި ބްރަދާސް ބައްދަލުކުރި މެޗުގެ ތެރެއިން
ޔަންގް ޝޫޓާސް އާއި ގްރޭވްސް ފައިނަލަށް
ހެނބަދޫ ޖޯޝް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ގްރޭވްސް އެފްސީ އާއި އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ޝޫޓާސް ވާދަކުރަން ޖެހިއްޖެއެވެ.

ގްރޭވްސް ފައިނަލަށް ދަތުރުކުރީ ލީގު ބުރު ކުޅެ ނިމުނުއިރު، ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. ޔަންގް ޝޫޓާސްއަށް ފައިނަލުގެ ޖާގަ ޔަގީންވީ އެންމެ ފަހުގެ ރަނާއަޕް، ބްރަދާސްއާއި ބައްދަލުކުރި ސެމީ ފައިނަލް މެޗުން މޮޅުވުމުންނެވެ. ބްރަދާސްގެ މައްޗަށް ޔަންގް ޝޫޓާސް ކުރިހޯދީ 3-2 ންނެވެ. 

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބްރަދާސްއިންނެވް. ޔަނަގް ޝޫޓާސްގެ އޭރިއާ ތެރެއިން އިބްރާހިމް ޝަރީފަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބްރަދާސްއަށް ލީޑު ނަގައިދިނީ ޝަރީފެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔަންގް ޝޫޓާސްގެ ޝާން މުހައްމަދު ވަނީ ލަނޑެއްޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. 

ދެވަނަ ހާފުގައި ޔަންގް ޝޫޓާސްގެ މުހައްމަދު މައުރޫފް ލަނޑެއްޖަހާ އެޓީމަށް ލީޑު ނަގައިދިންއިރު، އެޓީމުގެ ލީޑު ފުޅާކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން އަބްދުالله އެވެ. އޭގެ ފަހުން ބްރަދާސްގެ އަބްދުލް ޣަނީ އެޓީމަށް ފަރަގު ކުޑަކޮށްދީ އުންމީދު އާކޮށްދިނެވެ. ނަމަވެސް މެޗު ކާމިޔާބު ކުރެވޭގޮތް ނުވީއެވެ. 

މިއީ ޖޯޝް ޖަމިއްޔާއިން އިންތިޒާމުކޮށްގެން މި މުބާރާތް ބާއްވާ 16 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް