ads
އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ: ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެފައިވާ ކަމަށް އޭޑީބީން ވަނީ ބުނެފައި - ފޮޓޯ:އައްޑޫ ސިޓީ ކައުންސިލް
ރާއްޖޭގެ ދަރަނީގެ ހާލަތު ވަނީ ގޯސްވެފައި: އޭޑީބީ
ރާއްޖޭގެ ދަރަނީގެ ހާލަތު 2020 ވަނަ އަހަރުގެ ހާލަތާ އަޅާބަލާއިރު ގޯސްވެފައިވާ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފިއެވެ.
Advertisement

ރާއްޖޭގެ ތަރައްގީއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އޭޑީބީން ރާއްޖޭގެ އިގުތިސޯދީ ހާލަތު ދިރާސާކުރުމަށްފަހު މި މަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ދަރަނީގެ ހާލަތު 2020 ވަނަ އަހަރަށް ވުރެ މިހާރު ގޯސްވެފައިވާ ކަމަށެވެ.

އެ ބޭންކުން ބުނީ 2020 ވަނަ އަހަރުގެ ކުރިންވެސް ރާއްޖޭގެ ދަރަނީގެ ނިސްބަތް ހުރީ އިންތިހާއަށް މަތީގައި ކަމަށާއި އެ އަހަރުން ފެށިގެން ދަރަނި ބޮޑުވެ ހާލަތު އިތުރަށް ގޯސްވި ކަމަށެވެ. އެގޮތަށް ދިމާވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިގުތިސޯދު ހީނަރުވުމުން ދިމާވި ދަތިތަކުން އަރައިގަތުމަށް ކުރި ހޭދަތަކާއި އެ ހަރަދުތަކާ އެއްވަރުގެ އާމްދަނީއެއް ސަރުކާރަށް އޭރު ނުލިބުމުގެ އިތުރުން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް އަރައިގެން ދިޔުމުން ސަބްސިޑީގެ ގޮތުގައި ކުރަން ޖެހުނު ހޭދަ އިތުރުވުމުން ކަމަށް ވަނީ ބުނެފައެވެ.

އޭޑީބީގެ ރިޕޯޓުގައި ބުނި ގޮތުގައި ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅުކުރުމަށް އެ ބޭންކުން އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ. އެގޮތުން ދަރަނީގެ މައްސަލަތައް ހައްލުކުރުމަށާއި ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ސިޔާސަތުތައް އިސްލާހުކުރުމަށާއި އިދާރީ ހަރަދުތައް ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެއެވެ.

އޭޑީބީން ބުނީ ރާއްޖެ އާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދަރަނީގެ މައްސަލަތައް ހައްލުކުރަން ސްޓްރެޓެޖީތައް އިސްލާހުކޮށް ގާބިލުކަން އިތުރުކުރުމަށް މިދިޔަ އަހަރުގެ އެޕްރީލު މަހުގެ ތެެރޭގައި 1.5 މިލިއަން ޑޮލަރުގެ ފަންނީ އެހީ ގައުމުތަކަށް ދީފައިވާ ކަމަށެވެ.

އޭޑީބީން ވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ލޯނާއި ހިލޭ އެހީ އަދި ފަންނީ އެހީގެ ގޮތުގައި 122.9 މިލިއަން ޑޮލަރު ދީފައެވެ. އޭގެ ތެރޭގައި އިތުރު ގައުމުތަކާ ހިއްސާނުވެ އޭޑީބީން އެކަނި ދިން 15.91 މިލިއަން މިލިއަން ޑޮލަރުގެ އެހީވެސް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް