ads
އިރާގުގައި ކުރިއަށްދާ ހަމަނުޖެހުންތައް
ްޤުރުއާން އެންދުން: އިރާގުގައި ހުންނަ ސްވެޑެން އެންބަސީގައި ހުޅު ޖަހައިފި
ސްވިޑެންގައި ޤުރުއާން ފޮތެއް އަންދާލުމާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ނުކުމެ ބަޣްދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީއަށް ވަދެ އެތަނުގައި ހުޅުޖަހައިފިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެމްބަސީގެ އިމާރާތުގައި އަލިފާން ރޯކޮށް ކޮމްޕައުންޑް ފަޅާލާފައެވެ.

ސްވިޑެންގެ އެމްބަސީއަށް ދިން ހަމަލާ ސްވިޑެން ސަރުކާރާއި ސްވިޑެންގެ ފޮރިން މިނިސްޓަރު އާން ލިންޑޭ ވަނީ ކުށްވެރިކުރައްވާފައެވެ. 

ލިންޑޭ ވިދާޅުވީ މި ހަމަލާއަކީ "ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ކަމެއް" ކަމަށާއި އެއީ "ތަހައްމަލު ނުކުރާނެ" ހަމަލާއެއް ކަމަށެވެ.

މިހަމަލާ އިންތިޒާމުކޮށްފައިވަނީ އިރާގުގެ ޕޮޕިއުލިސްޓް ދީނީ އިލްމުވެރިއެއް އަދި ސިޔާސީ ލީޑަރެއް ކަމަށްވާ މުޤްތާދާ އަލް ސަދުރުގެ ސަޕޯޓަރުންނެވެ.

އިރާގުގެ ރެފިއުޖީއަކު ސްވިޑެންގައި ޤުރުއާނެއް އަންދާލި މައްސަލައިގައި މުޒާހަރާގެ ބައިވެރިން ވަނީ ރުޅިގަދަވެފައެވެ.

ސްވިޑެންގެ އެމްބަސީއަށް ދިން ހަމަލާއަކީ އިރާގުގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ދިން ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާއެވެ.

ސްވިޑެން ސަރުކާރުން ވަނީ މިހަމަލާގެ ސަބަބުން ބިރުވެރިކަން އުފެދި، އިރާގާއެކު ސުލްހައާއި ހަމަޖެހުން ކުރިއެރުވުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ބުނެފައެވެ.

ސްވިޑެންގެ އެމްބަސީއަށް ދިން ހަމަލާއަކީ އިރާގުގައި އުފެދިފައިވާ ދީނީ ފުން ފިތުނަތައް ހަނދާންކޮދޭ ހަމަލާއެކެވެ. އަދި އެއީ ބޭރުގެ ޑިޕްލޮމެޓުންނަށް އެގައިމގައި ކުރިމަތިވާ ނުރައްކާތެރިކަން ހަނދާންކޮށްދޭކަމެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް