ads
ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރގޭ ލަވްރޯ އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރަޝިޔާ-ރާއްޖެ: ދަތިކުރުމުގެ ފިޔަވަޅުތަކާ ރާއްޖެ ހިލާފުވާކަމުގެ ބޮޑު ތުހުމަތެއް
ދިވެހިރާއްޖެއިން ރަޝިޔާއަށް ސެމީކޮންޑަކްޓަރު ޗިޕް ޝިޕްމަންޓްތައް ފޮނުވާ ބޮޑު ޓްރާންސިޓް ޕޮއިންޓެއްކަމަށް ތުހުމަތުކުރެވިއްޖެއެވެ.
Advertisement

ދެހާސް ބާވިސް ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް ފަހުން އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ކުންފުނިތަކަށް އިލެކްޓްރޯނިކް އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ސެމީކޮންޑަކްޓަރު ޗިޕްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

ރާއްޖެއިން ރަޝިޔާއަށް ސެމީ ކޮންޑަކްޓަރު ޝިޕްމަންޓް ކުރުމުގައި މަގުބޫލު މަންޒިލަކަށް ވެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުން ބަލިކަށި ގައުމަކަށް ވާތީ ނީކޭ އޭޝިއަން ރިވިއު އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ހުޅަނގުގެ ގައުމުތަކަށް ރާއްޖެ ތެރެއިން ޓްރާންސިޓް ކުރާ ސެމީކޮންޑަކްޓަރުގެ ޝިޕްމަންޓްތައް ޓްރެކް ކުރަން ދަތިވެއެވެ.

"ނިކޭ އޭޝިއަން ރިވިއު" އިން ނެރުނު ރިޕޯޓެއްގައި ވާ ގޮތުން، އެމެރިކާގައި އުފެއްދި ގާތްގަނޑަކަށް 400،000 ސެމީކޮންޑަކްޓަރު، ޖުމްލަ 53.6 މިލިއަން ޑޮލަރުގެ އަގުހުރި ސެމީކޮންޑަކްޓަރުތައް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ފޮނުވާފައިވެއެވެ.

ރަޝިޔާއަށް މިގޮޔަށް ކޮންޑަކްޓަރު ފޮނުވައިގެން އެހީވާ ގައުމުތަކުގެ ލިސްޓުގައި ޗައިނާ އަދި ހޮންގްކޮންގު ހިމެނޭއިރު، ރާއްޖެ އޮތީ ޗައިނާއަށް ފަހު މި ލިސްޓުގެ ދެ ވަނއިގައިކަަމަށް އެ ރިޕޯޓުގައި ބުނެފައިވެއވެެ.  

އެ ލިޔުން ނިންމާލަނީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމިއޮތްހާ ހިނދަކު ރަޝިޔާއަށް ސެމީކޮންޑަކްޓަރުތައް ޝިޕްމަންޓް ކުރުމުގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖޭގެ ދައުރު ދެމިއޮތުން އެކަށީގެންވާ ކަމަށްބުނެފައިވެއެވެ. 

ރިޕޯޓު ބުނާގޮތުން ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ސެމީކޮންޑަކްޓަރުގެ ޝިޕްމަންޓްތައް ގިނަ ފަހަރަށް ދަތުރުކުރަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ދުބާއީ) އަދި ސިންގަޕޫރު ފަދަ ތިންވަނަ ގައުމުތަކުގެ ތެރެއިންނެވެ.

މި ސެމީކޮންޑަކްޓަރުތައް ރަޝިޔާއަށް ފޮނުވަމުންދާ ކުންފުނިތައް ގިނައިން ހުންނަނީ ޗައިނާ ނުވަތަ ހޮންކޮންގުގައެވެ.

ރާއްޖޭގެ ސަރުކާރުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ރަޝިޔާއަށް ސެމީ ކޮންޑަކްޓަރު ޝިޕްމަންޓެއް ކުރާކަން އެނގިފައިވާކަން ދޮގުކޮށްފައިކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. 

ރަޝިޔާއަށް ސެމީކޮންޑަކްޓަރު ޝިޕްމަންޓް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ގެ ދައުރަކީ އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެ ރިޕޯޓު ނިންމާލަމުން ފާހަގަކޮށްފައިވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް