ފައިސަލް ވިދާޅުވީ އިންފްލުއެންޒާއިން ރައްކާތެރިވެ ތިބުމަށް ފުލީވެކްސިން ޖެހުން މުހިންމުކަމަށެވެ.
އިންފުލުއެންޒާ އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއޭއިން ވެސް ވަނީ މިމަހުގެ ތެރޭގައި އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން އެދިފައިވަނީ މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށާއި، އަންމު ސާފުތާހިރުކަން އިތުރުކުރުމާ، ގައި ދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ސަމާލުވުމަށެވެ.
އެޗްޕްޕީއޭއިން ވަނީ ކޮވިޑާއި ޑެން ގޫ ހުމަށް ވެސް ސަމާލުވުމަށް މީގެ ކުރިން އިލްތިމާސްކޮށްފައެވެ.