ads
ފަނޑިޔާރު މަހާޒް ރައީސްއާ އެކު
ފަނޑިޔާރު މަހާޒު ފަރީއްކުޅުއްވުމުގައި ގޯހެއްނެތް ކަމަށް ނިންމައިފި
ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް އިއްވި ދުވަހު ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ބެންޗްގައި ދެން ތިއްބެވި ފަނޑިޔާރުން ފަރިއްކުޅުވި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
Advertisement

ޖޭއެސްސީން މިއަދު ބުނީ އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ހަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅަކާ، އެ ޝަރީއަތް ހިންގެވުމުގައި ބައިވެރިވެވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ހަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައާ ގުޅިގެން ކޮމިޝަނުން ހިންގި ތަހުގީގަށް ހޯދުނު މައުލޫމާތާއި ފަނޑިޔާރު މަހާޒު ޒާހިރު ސާފުކޮށްދެއްވާފައިވާ ހަގީގަތްތަކަށް ރިއާޔަތްކުރާއިރު، އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ފަދަ ކަމެއް ހިނގާފައި ނުވާކަން ފާހަގަވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް ޖޭއެސްސީން މިއަދު ވަނީ ނިންމާފައެވެ.

ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން، އެކަމުގައި ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި އެގޮތަށް ނިންމީ އެ ފަރިއްކޮޅަކީ މަހާޒް އަމިއްލަފުޅު ހަރަދުގައި އޯޑަރުކޮށްގެން ގެނައި އެއްޗެއްކަން ސާބިތުވާ ހެކި ލިބިފައިވާތީ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން މަހާޒް މީގެ ކުރިން ވިދާޅުވެފައިވަނީ އެ މައްސަލަ އޮންނަ ކޮންމެ ދުވަހަކު އަޑުއެހުންތައް ދިގުލައިގެންދާތީ މެންދުރުގެ ކެއުމެއް ފަނޑިޔާރުން އަމިއްލަ ހަރަދުގައި ބާއްވަމުންދިޔަ ކަމަށެވެ. 

އަދި ޔާމީންގެ މައްސަލަ ނިންމި ދުވަހަކީ ސުޕްރީމް ކޯޓުގެ ރިސެސްގެ ކުރިން އަންނަ ރަސްމީ ފަހު ދުވަސް ކަމަށްވާތީ އެދުވަހުގެ ކެއުން ދިނީ އޭނާގެ އަމިއްލަ ހަރަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

"ފަހު މަސައްކަތު ދުވަސް ކަމަށްވާތީ ހުރިހާ ފަނޑިޔާރުންނަށް އަމިއްލަ ހަރަދުގައި މެންދުރުގެ ކެއުމެއް ދިނިން. ކެއިއިރު ކާތަކެތި ގެނައީ ކޮންތަނަކުން ކަން ވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ. ހުރިހާ ފަނޑިޔާރުން ވެސް ކެއި. ފައިސާ ދެއްކި ސްލިޕް ވެސް އެބައޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއް ވެސް ނޫން. އަދި ވަކި ހާއްސަ އެއްޗެއް ގެނައީކީ ވެސް ނޫން،" މަހާޒް

ގއ. ވޮޑަމުލާގެ މައްސަލާގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުން އޭރު ބާތިލްކުރީ ފަނޑިޔާރު މަހާޒް ރިޔާސަތު ބެލެހެއްޓެވި ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް