ads
ސުޒޭން
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާވެސް ސުޒޭން
ގައުމީ ޓީމުގެ ކޯޗު، އިޓަލީގެ ފްރެންސިސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން، ކޮންޓްރެކްޓް އިތުރަށް އާ ނުކޮށް، އެސިސްޓެންޓް ކޯޗުކަމުގެ މަގާމުގައި ހުރި އަލީ ސުޒޭނަށް ކޯޗުކަން ދޭން އެފްއޭއެމުން ނިންމައިފިއެވެ.

މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވާނީ އަންނަ މަހުގެ ނިޔަލަށެވެ. އަންނަ މަހުގެ ނިޔަލަށް މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން، އޭނާގެ ކޮންޓްރެކްޓް އިތުރަށް އާ ނުކުރަން އެފްއޭއެމުން ވަނީ ނިންމާފައެވެ. އެފްއޭއެމުން ނިންމާފައިވަނީ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން ސުޒޭނާ ގައުމީ ޓީމް ހަވާލު ކުރާށެވެ. 

ސުޒޭން ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި މީގެ ކުރިންވެސް މަސައްކަތް ކޮށްފައެވެ. އަދި އެންމެ ފަހުން ގައުމީ ޓީމުގެ ކޯޗަކަށް ހުރި މާޓިން ކޫޕްމަން އެކުވެސް ސުޒޭން މަސައްކަތް ކުރިއެވެ. ސުޒޭނަކީ ޕްރޯ ލައިސަންސްޑް ކޯޗެވެ. އަދި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަދި އެންމެ ކާމިޔާބު އެއް ކޯޗަކީވެސް ސުޒޭނެވެ.

ސުޒޭނުގެ އިރުޝާދުގެ ދަށުން ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަށް ފުރަތަމަ އޮންނާނީ އޮކްޓޫބަރު މަހު ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން އެވެ. އޭގެ ކުރިން، ސެޕްޓެމްބަރު މަހު ކުރީކޮޅު ޗައިނާގައި 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ޒުވާން ޓީމު ކުޅޭނެ އެވެ. ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ޓީމުގެ ކަންކަން ދެން ކުރިއަށްގެންދާނީ ކޯޗު ސުޒޭން އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް