ads
ޕީޕީއެމުން އީސީއަށް ފޯމު ހުށަހެޅުން: ފައިލް ފޮޓޯ
ފުވާދުގެ އިތުބާރު ނެތްކަމަށް ނެގުމުން އިދިކޮޅުގެ ފާޑިކިއުން
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ވޯޓު ނެގުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
Advertisement

އިލެކްޝަންސް ކޮމިޝަނުގެ ހަތަރު މެންބަރުން ބައިވެވި ބައްދަލުވުމެއްގައި ފުވާދުގެ އިތުބާރު ނެތްކަމަށް ވަނީ ތިން މެންބަރުންގެ ވޯޓުން ފާސްކޮށްފައެވެ. 

ނަމަވެސް އެ ކޮމިޝަނުގެ މެންބަރުން ވަކިކުރުމާއި، ނައިބު ރައީސް އާއި ރައީސް ވަކިކުރުމުގެ ބާރެއް އެ ކޮމިޝަނުގެ މެންބަރުންނަކަށް ނޯވެއެވެ. 

މި މައްސަލައުގައި މިއަދު އާދަމް ޝަރީފް ވިދާޅުވީ، ފުވާދުގެ އިތުބާރު ނެތްކަމަށް ފާސްކުރީ ނުފޫޒުން އެއްކިބާވެ ތިބެގެން އިންތިހާބުގެ ކަންކަން ކުރިއަށް ގެންއދެވިދާނެކަމަށް ބެލެވޭތީ ކަަމަށެވެ. 

"ރައީސް ޔާމިންގެ ކެނޑިޑަސީ އާމެދު ދެފަހަރު ދެ ގޮތަށް ފުއާދު ވާހަކަ ދައްކަން މަޖުބޫރީ އެެހެންވެ ކަމަށް ބެލެވޭ،" -އާދަމް ޝަރީފް-

އިތުބާރު ނެތްކަމުގެ ވޯޓު ނެގިއަސް ފުވާދުގެ މަގާމެއް ނުގެއްލޭނެއެވެ. ސަބަބަކީ އިލެޝަންސް ކޮމިޝަނުގް މެންބަރުން ވަކިކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށްކަމަށްވާތީއެވެ. އަދި އީސީގެ ގާނޫނު ބުނާގޮތުން "ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން ނުވަތަ ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން" ނެވެ. 

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް