ads
ގާނޫނީ ވަކީލް އަލް އުސްތާޒް މުހައްމަދު ނިޝާން އިބްރާހިމް
ޔާމީން ކެންޑިޑެންސީ ފޯމުގައި ސޮއިކުރުމަކަށް ގާނޫނީ ހުރަހެއް ނެތް: ނިޝާން
ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ކެންޑިޑެންސީ ފޯމުގައި ސޮއި ކުރުމަކަށް ގާނޫނީ ހުރަހެއް ނެތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޛް މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

"ސީއެންއެމް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނިޝާން ވިދާޅުވީ ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވުމަކީ އެމަނިކުފާނު އަމިއްލަ ފުޅަށް ކުރައްވާ ކަންކަމުގައި ނުވަތަ އެމަނިކުފާނުގެ ޕާޓީގެ ފަރާތްޕުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ގާނޫނީ ހުރަސްތަކެއް ހުރުން ނޫން ކަމަށެވެ. 

ނިޝާން ވިދާޅުވީ ކެންޑިޑެންސީ ފޯމުގައި ރައީސް ޔާމީން ސޮއިކުރެއްވުމަކީ އެމަނިކުފާނުގެ އަމިއްލަ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާއި، އެކަމަށް ގާނޫނީ ހުރަހެއްވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމެއް މިވަގުތު ތަމްފީޒު ކުރަމުންދާތީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލިފައިވާ ކަމަށެވެ. 

"ފޯމުގައި ސޮއިކުރުމަކަށް އެއްވެސް ހުރަހެއް ނެތް!. މިވަގުތު ގާނޫނީ ގޮތުން ފޯމުގައި ސޮއި ކުރިޔަސް އިންތިހާބުގައި ވާދަކުރުމަށް ގާނޫނީ ހުރަސްތަކެއް އެބައޮތް. ދަށު ކޯޓުގެ ހުކުމް މަތީ ކޯޓަކުން ބާތިލް ކުރުމުން ނޫނީ ޝަރުތު ހަމައެއް ނުވޭ ރިޔާސީ އިންތިހާބުގައި ކުރިމަތިލާކަށެއް." ނިޝާން ވިދާޅުވި އެވެ.

މަނިލޯންްޑަރިންގެ ކުށްސާބިތުވެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ސޮއިކުރައްވާފައިވާ ކެންޑިޑެސީ ފޯމު ފުރިހަމަ ކުރުމަށް ފަހު، ޕީޕީއެމްގެ ސެކްރެޓޭރިއަޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހަވާލުކޮށްފަ އެވެ.

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ޔާމީން ރައީސްކަމަށް ވާދަކުރައްވާ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން އަންނަނީ ކުރަމުންނެވެ. އެމަނިކުފާނަށް އިއްވާފައިވާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ހުކުމާ ހެދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް އުނިވެފައި ވިޔަސް ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ވާދަކުރެއްވޭނެ ކަަމަށް ޕީޕީއެމުން ބުނެއެވެ. 

މިއަދު މެންދުރު ފަހު ޕީޕީއެމްގެ ފަރާތުން އެ ފޯމު ވަނީ ކަރެކްޝަންސްއަށް ހަވާލުކޮށްފައެވެ. ކެންޑިޑެސީ ފޯމުގެ އިތުރުން ކުށުގެ ރެކޯޑު ވެސް ވަނީ އެ ހިދުމަތަށް ހަވާލުކޮށްފައެވެ. ޕީޕީއެމުން ވެސް ވަނީ އީސީއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގައި ޔާމީން ސޮއިކުރައްވައި އެ ލިޔެކިޔުންތައް އެ ޕާޓީއާ ހަވާލުކޮށްފައިވާކަން ހާމަކޮށްފައެވެ.

ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެއެވެ.

އެމަނިކުފާނުގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ފޯމު ލިބުމުންނެވެ. ގާނޫނު ބުނާ ގޮތުން ފޯމު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް