
އޭނާގެ އޭޖެންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ "މިއަދު ސުލްހަވެރިކަމާއެކު މަރުވީ އާއިލާ އާއި ލޯބިވާ މީހުންގެ ވަށައިގެން" ތިއްބައިކަމަށެވެ.
"ޖޯޖް އަކީ ރައްޓެއްސަކު ކަމުގައި ވިޔަސް، އެކުވެރިއެއް ކަމުގައި ވިޔަސް ނުވަތަ އާންމުންގެ މެމްބަރެއް ކަމުގައި ވިޔަސް އޭނާ ދަންނަ ކޮންމެ މީހަކު ވެސް ވަރަށް ބޮޑަށް ލޯބިކުރި.،" އޭނާގެ އެޖެންޓުގެ ބަޔާނުގައި ބުނެފައިވެއެވެ.
ބީބީސީގެ ޑިރެކްޓަރު ޖެނެރަލް ޓިމް ޑޭވީ ބުނެފައިވަނީ "ބީބީސީގެ މުވައްޒަފުން ޖޯޖްއާ ބެހޭ ޚަބަރު ލިބުމުން އެންމެން ވެސް ގަބޫލުކުރަން ދަތި އަދި ބޮޑު ހިތާމައެއް ލިބުނު" ކަމަށެވެ.
"ޖޯޖް އަކީ އޭނާގެ ޖީލުގެ އެންމެ މޮޅު އަދި އެންމެ ހިތްވަރުގަދަ އެއް ނޫސްވެރިޔާ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބިރުވެރިކަމެއް ނެތި ރިޕޯޓު ކުރުމުގެ އިތުރުން އެއްވެސް އުނިކަމެއް ނެތި ޚަބަރުތައް ހުށަހެޅި." ޓިމް ޑޭވީ ބުންޏެވެ.
ޖޯޖް ވަނީ ބީބީސީގައި 33 އަހަރު ވަންދެން މަސައްކަތް ކޮށްފައެވެ.