ads
ޕިސީބީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔާމީން
ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ސަސްޕެންޑްކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕިސީބީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔާމީން މަގާމުން ސަސްޕެންޑުކޮށްފި އެވެ.
Advertisement

އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ސަސްޕެންޑްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއްމަސް ދުވަހަށް މަގާމުން ސަސްޕެންޑްކުރިކަން އަންގާ ސިވިލް ސާވިސް އިން  ޔާމީނަށް ފޮނުވި ސިޓީގައި ބުނީ ސަސްޕެންޑުކުރީ އޭނާއާ ދެކޮޅަށް މައްސަލައެއް ބަލަމުން އަންނާތީ އެކަމުގެ ހުގީގު ހިންގާތީ ކަމަށެވެ.  

ޔާމީން މަގާމުން ސަސްޕެންޑްކޮޑްފައިވާ އިރު ދާދިފަހުން ޕީސީބީން ވަނީ އެސްއޯއީތަކުގެ އިސް މަގާމުތަކަށް  މީހުން އައްޔަންކުރެވޭ ގޮތަށް ބަދަލު ގެނެސްފައެވެ. 

ޕީސީބީގެ އުސޫލުގައި ކުރިން އޮންނަ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރުންނަށާއި ޗީފް އިންޓާނަލް އޮޑިޓަރުންގެ މަގާމަށް އާދެވޭނީ އިންޓަނޭޝަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެމްބަރަކަކަށް ކަމަށެވެ. އެހެންނަމަވެސް ފަހުން ގެނައި ބަދަލުގައިވާ ގޮތުން އައިފެކް އިން ގަބޫލުކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރުން ނޫން މީހުންނަށްވެސް  ކުންފުނިތަކުގެ ސީއެފްއޯއިންނާއި ސީއައިއޭއިންގެ މަގާމަށް އައްޔަން ކުރެވޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް