ads
މީހަކު ފޯނާ ކުޅެނީ:
ދެން ނެގޭނީ ދިވެއްސަކަށް 10 ސިމް ބިދޭސީއަކަށް 3 ސިމް: ކޭމް
ކޮންމެ މީހަކަށްވެސް ސިން ކާޑު ނެގޭނެ މިންވަރު ޓެލެކޮމިއުނިކޭޝަން އޮތޯރޮޓީ އޮފް މޯލްޑިވްސް (ކޭމް) އިން އާންމު ކޮށްފިއެވެ.

ކޭމް އިން މި އަދަދުތައް އިއުލާނުކުރީ، "ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު" ގައެވެ. 

އެ ގަވާއިދު ބުނާގޮތުން ދިވެއްސަކަށް ނަމަ އެންމެ ގިނަވެގެން ނެގޭނީ 10 ސިމް ކާޑެވެ. އަދި ބިދޭސީއަކަށް ތިން ސިމްކާޑެވެ. 

ކޭމްއިން ހޯމަ ދުވަހު މި ގަވާއިދު އިއުލާނުކުރިއިރު ކޮންމެ މީހަކަށް ގަނެވޭ ސިމްގެ އަދަދެއް ކަނަޑައެޅުމަށް އެކުލަވާލަން ޖެހޭ ގަވައިދު 15 ދުވަސް ތެރޭ ނިންމަން އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުން ވަނީ އަންގައިފައެވެ. އެއީ މަކަރާ ހީލަތުން ފައިސާ ހޯދުމަށް ގިނަ ސްކޭމް ކޯލުތަކެއް ކުރާ މައްސަލައަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ. 

"މޯބައިލްފޯނު ނަންބަރު ބޭނުން ކުރުމަށް ސިމްކާޑު ދޫކުރުމާއި ނަންބަރު ދޫކުރެވޭނެ އަދަދާއި ހިދުމަތަށް އެދޭ މީހާގެ މައުލޫމާތު ނެގުމާއި ނަންބަރު ރަޖިސްޓްރީ ކޮށްފައިވާ މީހާގެ މައުލޫމާތު ރައްކާކުރުމާއި ނަންބަރު ބޭނުން ކުުރުމުގައި ޒިންމާދާރުވުމާއި ސާވިސް ޕޮރޮވައިޑަރާއި ދެމެދު އެގްރީމަންޓެއް ހަދަން ޖެހޭ،" -ކޭމް-


ސިމް ނަގާ ކަސްޓަމރުގެ މައުލޫމާތު ސާވިސް ޕޮރޮވައިޑަރު 10 އަހަރުގެ މުއްދަތަށް ރައްކާ ކުރަން ޖެހެއެވެ.

ގަވާއިދާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު އެކަމެއް ރަނގަޅު ކުރުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ދެވަނަ ފަހަރު 10،000 ރުފިޔާ އިން އަދި ދެން ގަވާއިދާ ހިލާފުވެއްޖެ ނަމަ 20،00 ރުފިޔާ އިން ޖޫރިމަނާ ކުރާނެއެވެ. ހަތަރުވަނަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު ބައިލައްކަ ރުފިޔާގެ ޖޫރިމަނާއެއް ސާވިސް ޕްރޮވައިޑަރަށް އަންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް