ads
ޖުމްހޫރީ މައިދާން
މިނިވަން ދުވަހުގެ ހަފްލާއަށް އިސްލާމީ މަރުކަޒު ސަރަހައްދު މިރޭ ބަންދުކުރަނީ
މިނިވަން ދުވަހާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ބާއްވާ ރަސްމީ ހަފްލާއާ ގުޅިގެން, މިރޭ 7ން ފެށިގެން އެސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ރަސްމިއްޔާތު ނިމެންދެން އެސަރަހައްދާ ކައިރި މަގުތައް ބަންދުވާނެކަމަށެވެ. 

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ބަންދުވާނެ ސަރަހައްދުތައް ފާހަގަކޮށްފައެވެ. އެގޮތުން ޖުމްހޫރީ މައިދާން ސަރަހައްދުން ފެށިގެން އޯކިޑް މަގުގެ ބަޔަކާއި، ޗާންދަނީ މަގު ލިލީ މަގާ ހަމައަށް، ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ބަންދުވާނެއެވެ.

މީގެއިތުރުން އާޓް ގެލެރީން އިސްލާމީ މަރުކަޒަށް ވަންނަން ހުރި މަގުތައްވެސް ބަންދުވާނެއެވެ.

ބައްދަލުވުން ބާއްވަނީ އިސްލާމީ މަރުކަޒު މައިދާނުގައެވެ. ތިން އަހަރަށްފަހު ރާއްޖޭގައި ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން މިނިވަން ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ 25 ޖުލައިން ފެށިގެން އޮގަސްޓް 4އާ ހަމައަށެވެ.

your imageމަގު ބަންދުވާ ސަރަހައްދުގެ ޗާޓު

މިނިވަން ދުވަހާ ގުޅިގެން، "މިނިވަން އުފާ"ގެ ނަމުގައި ކާނިވަލެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

 ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށްދާއިރު، އެދުވަހު ހެނދުނު 10:00 ޖަހާއިރު މިނިވަންދުވަހުގެ ރަސްމީ ޖަލްސާ ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށެވެ. 

މިނިވަން އުފާގެ ނަމުގައި ބާއްވާ ޝޯއެއް ހެނދުނު 6ން ފެށިގެން ރޭގަނޑު 11 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. މީގެއިތުރުން 27 ވަނަ ދުވަހުގެ ހަވީރު ޕެރޭޑް އޮންނައިރު އަދި އެ ރޭ ފުޅަނދުބުރު އޮންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް