ފައްޔާރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
"ފުރިހަމަ މިނިވަންކަން ލިބޭނީ ކޯޓު ފަޓުލޫނާއި ޓައި ރާއްޖޭގައި ދޫކޮށްލެވިގެން،" -ފައްޔާޒް އިސްމާއިލް-
ފައްޔާޒު ވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ރާއްޖޭގެ ޑިޒައިނަރުންނަށް މުބާރާތެއް ހުޅުވާލައިގެން ދިވެހިން މުނާސަބަތުތަކުގައި ބައިވެރިވާނެ ހެދުމެއް ކަނޑައެޅުމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
ފައްޔާޒު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާވެސް ތަފާތު ގޮތަކަށް ޓުވިޓާގައި މިއަދު ވިދާޅުވެފައެވެ. އެގޮތުން ފިލިނުޖަހައި ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ "އުފާވެރި މިނިވަން ދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެރި ރައްޔިތުންނަށް އަރިސްކުރަން. އިބްތިސާދު ބޮޑުބަދަލަކާ މިނިވަންކަން ދަމަހައްޓަން އުފާވެރި އަމާން ރާއްޖެ ދާދި ކައިރީގައި،" މިހެނެވެ.