އެޗްޕީއޭއިން ބުނީ އެމީހާއަށް ބަލި ޖެހުނުފަހުން ބަލި ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރުގައި ދަތުރުކޮށްފައިވާކަމަށެވެ.
މިހެންކަމުން އެޗްޕީއޭއިން އެމީހާ ކޮންޓެކްޓުވި މީހުން ހޯދައު އެމީހުންގެ ތެރެއިން ވެކްސިން ނުޖަހާހުރި މީހުން ހޯދައި އެމީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ އެޖެންސީން ބުނެއެވެ.
ހިމަބިހި ޖެހިގެން އެޑްމިޓްކުރި މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށެވެ. އަދި ބަލި ޖެހުނު މީހަކު ފެނުމުން އަމަލުކުރަންޖެހޭ ޕްރޮސީޖާގެ ތެރެއިން އަމަލުކުރަމުން އަންނަކަމަށެވެ.
ހިމަބިހީގެ އަލާމާތްތައް:
މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.