ރިޕޯޓުތައް ބުނާގޮތުން ޖައިޑޭވް އާއި ސާތީ ކިޔާ ދެމަފިރިން މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާއިރު، އައިފޯނެއް ގަންނަން އެ ދެމީހުން ބޭނުންވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އެމީހުން ގަބޫލުކުރި ގޮތުން އައިފޯން 14 އަކީ ސޯޝަލް މީޑިއާގައި އިތުރު ފޮލޯވަރުން ހޯދުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.
އެ ދެމަފިރިންގެ ދަރިފުޅު ޕްރިޔަންކާ ޣޯޝް ކިޔާ އަންހެނަކަށް ވިއްކާލީ ގާތްގަނޑަކަށް 630 ޑޮލަރަށެވެ.
އެއަށްފަހު އެ ފައިސާ ބޭނުންކޮށްގެން އައިފޯން ގަނެ، ހުޅަނގު ބެންގަލްގެ އެކި ހިސާބުތަކަށް ދަތުރުކޮށް އިންސްޓަގްރާމް ރީލްތައް އުފެއްދިއެވެ.
އެ ދެމަފިރިންގެ މައްސަލަ ފުލުގައި ޖެއްސީ އަވަށްޓެރިންނެވެ.
ފުލުހުން ވަނީ ތުއްތު ކުއްޖާ ސަލާމަތްކޮށް އެ ދެމަފިރިން ހައްޔަރުކޮށްފައެވެ. ޖައިޑޭވް އާއި ސާތީގެ މައްޗަށް ޗައިލްޑް ޓްރެފިކިންގެ ދައުވާ ވަނީ އުފުލާފައެވެ.